Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗު ކަޕާއި ފްރެންޗު ލީގު ކަޕް

ފްރެންޗު ކަޕާއި ފްރެންޗު ލީގު ކަޕްގެ ފައިނަލް މެޗުތައް އަންނަ މަހުގެ ފަހުކޮޅު

27 ޖޫން 2020 | ހޮނިހިރު 07:45

ފްރެންޗު ކަޕްގެ ފައިނަލް މެޗު ކުޅޭނީ ޖުލައި މަހުގެ 24 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ޖޫން 2020 | ހޮނިހިރު 07:45
ފްރެންޗު ކަޕްގައި ޕީއެސްޖީން ކުޅުނު މެޗެއްގެ ތެރެއިން

ފްރެންޗު ކަޕްގައި ޕީއެސްޖީން ކުޅުނު މެޗެއްގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި މި ސީޒަނުގެ ފްރެންޗު ކަޕާއި ފްރެންޗު ލީގު ކަޕްގެ ފައިނަލް މެޗުތައް އަންނަ މަހުގެ ފަހުކޮޅު ކުޅެން ތާވަލުކޮށްފިއެވެ.

ފްރެންޗު ކަޕާއި ފްރެންޗު ލީގު ކަޕްގެ ފައިނަލް މެޗުތައް އަންނަ މަހުގެ ފަހުކޮޅު ކުޅެން ފްރެންޗު ފުޓްބޯލް ފެޑެރޭޝަނުން ތާވަލުކުރިއިރު، ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު މި ސީޒަނުގެ ފްރެންޗު ލީގު ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކެންސަލް ކޮށްފައެވެ. ފްރެންޗު ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.

ފްރެންޗު ކަޕްގެ ފައިނަލް މެޗު ކުޅެން މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ފްރެންޗު ކަޕްގެ ފައިނަލްގައި ބައްދަލުކުރާނީ މި ސީޒަނުގެ ފްރެންޗު ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އާއި ސެއިންޓް-އެޓިއެންއެވެ.

އަދި މީގެ ކުރިން އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރި ފްރެންޗު ލީގު ކަޕްގެ ފައިނަލް މެޗު މިހާރު ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. ފްރެންޗު ލީގު ކަޕްގެ ފައިނަލްގައި ވާދަކުރާނީ ޕީއެސްޖީ އާއި ލިޔޯންއެވެ.

ފްރާންސްގައި އަންނަ މަހު އަލުން ފުޓްބޯޅަ ހަރަކާތްތައް ފަށާއިރު، ދާދި ފަހުން ކްލަބުތަކުން ވަނީ ފަރިތަކުރުންތަކަށް ނުކުމެފައެވެ. އެގޮތުން ފަރިތަކުރުންތަކަށް ނުކުތުމުގެ ކުރިން ވަނީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ޕީއެސްޖީގެ ތިން ކުޅުންތެރިއަކާއި އޮފިޝަލަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި މި ސީޒަނުގެ ފްރެންޗު ލީގު ކެންސަލް ކުރުމާއެކު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ޓުލޫސްގެ ހަތަރު ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ޕީއެސްޖީ އާއި ޓުލޫސްއިންވެސް ކޮވިޑް-19ށް ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް ހާމަނުކުރި ނަމަވެސް، އެ ހުރިހާ ކުޅުންތެރިންވެސް މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް