Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ ބަލިވުމުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް

މިއީ 30 އަހަރަށްފަހު ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދު ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 22:17
ޗެލްސީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން

ޗެލްސީ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން

ޗެލްސީ އަތުން މެންޗެސްޓާ ސިތީ ބަލިވުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކޮށްފިއެވެ.

މިއީ 30 އަހަރަށްފަހު ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިއާއެކު ލިވަޕޫލުން ވަނީ ލީގު ޗެމްޕިއަންކަން ޖުމްލަ 19 ފަހަރު ހޯދާފައެވެ. ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު، އެޓީމުގެ ކޯޗު ޔާގަން ކްލޮޕުގެ އިރުޝާދުގެ ދަށުން މިހާރު ވަނީ ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ސިޓީގެ މައްޗަށް ޗެލްސީން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމަށް 31 މެޗުން 86 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ސިޓީ އަތުން މޮޅުވި ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 31 މެޗުން 54 ޕޮއިންޓާއެކުއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓުކޮށްގެން ކުޅުނީ ސިޓީންނެވެ. އެކަމަކު މި ހާފުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 36 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ ހެދި ގޯހެއްގެ ފައިދާ ނަގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީއަށް ލީޑު ނަގާދީފައެވެ.

ދެވަނަ ހާފުގައި ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ހިލޭ ޖެހުމަކުން ސިޓީން ނަތީޖާ އެއްވަރުކުރިއިރު، އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންއަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި ޗެލްސީން އަލުން ލީޑު ނެގީ 78 ވަނަ މިނެޓުގައި ވިލިއަން ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ޕެނަލްޓީއަކީ ސިޓީގެ ޑިފެންޑަރު ފެނާންޑީނިއޯ ގަސްތުގައި ބޯޅައިގައި އަތްލުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ގޯލު ރޮނގުމަތިންހެން ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ ފެނާންޑީނިއޯއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ބަލިވުމުން، ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއިރު، އެޓީމަށް އަދި ލީގުގައި ބާކީ ހަތް މެޗު އެބައޮތެވެ. ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ ތިންވަނަ ދުވަހެވެ. އެ ދުވަހު ލިވަޕޫލް ނުކުންނާނީ ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު