Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު ހޯދުމާ ލިވަޕޫލް ފިޔަވަޅަކާ ގާތަށް

ޕެލަސް އަތުން ލިވަޕޫލް މޮޅުވީ 4-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 07:29
ލިވަޕޫލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 4-0 ން

ލިވަޕޫލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 4-0 ން

30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ލިވަޕޫލް ޖެހިލީ ލީގުގައި ބުދަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 ން މޮޅުވެގެންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމަށް 31 މެޗުން 86 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޗެލްސީ އަތުން ސިޓީއަށް މޮޅުނުވެވިއްޖަނަމަ، ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

ލިވަޕޫލްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ލިވަޕޫލުން ލީޑު ނެގީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ލިބުނު ހިލޭޖެހުމަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފަބީނިއޯ ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެންޑްރޫ ރޮބަޓްސަން ދިން ޕާހަކުން ކާމިޔާބުކުރީ ފަބީނިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 69 ވަނަ މިނެޓުގައި ސަލާހު ދިން ބޯޅައަކުން ކާމިޔާބުކުރީ ސަޑިއޯ މާނޭއެވެ.

މީގެ އިތުރުން ލީގުގެ ބުދަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެޓީމުން ވަނީ ޝެފީލްޑް ޔުނައިޓެޑް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންތަނީ މާޝިއަލްއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މާކަސް ރަޝްފޯޑްގެ އެހީއާއެކު މާޝިއަލް ޔުނައިޓެޑަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޝިއަލް ލީޑު ފުޅާކޮށްދިނީ އާރޮން ވެން-ބިސާކާ ދިން ބޯޅައަކުންނެވެ. އަދި މި މެޗުގައި މާޝިއަލް ހެޓްރިކް ފުރިހަމަކުރީ 74 ވަނަ މިނެޓުގައި ރަޝްފޯޑްގެ އެހީއާއެކުއެވެ.

މި މޮޅާއެކު ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައި 31 މެޗުން 49 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު