Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލަ

ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ވަޒީފައިން ވަކިކޮށްފި

މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖޫން 2020 | ބުދަ 02:16
ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލު ހިފަހައްޓާފައިވޭ

ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލު ހިފަހައްޓާފައިވޭ

މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ވަގަށް ވެހިކަލްތަކެއް އެތެރެ ކުރަން އުޅުނު މައްސަލަ އަކީ 2019 ވަނަ އަހަރު ހިންގި ބޮޑު ހާދިސާއެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ހަދިސާ އެގޮތަށް ހިނގި އިރު ބަޔަކު އިހުމާލުވެފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން ކޮންޓެއިނަރ ކަނޑާއިރު އެތަނުގައި ކަސްޓަމްސްގެ މުވައްޒަފުންގެ އިތުރުން އެމްޕީއެލްގެ އޮފިސަރަކާއި މަޖޫރީން ވެސް ތިބޭނެ ކަމަށާއި، އެމީހުންނަށް އެއީ ކޯއްޗެއްކަން ފެންނަން ވެސް ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ކަސްޓަމްސްގެ 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަކީ މުޅި މާހައުލުގައި ހިމެނޭ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ކަމާއި ގުޅުންހުރި މުއައްސާތަކުގެ އިހުމާލު ވެސް އެބައޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މި މައްސަލައިގައި ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު