Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން

ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށް ނަފުސަށް އަޅައިލުމަށް ޚުތުބާގައި ގޮވާލައިފި

19 ޖޫން 2020 | ހުކުރު 08:09

ރޫޙާނީ ޣިޒާ ކަމުގައިވާ އަޅުކަމުގެ އިތުރުން ކަސްރަތާއި، ފައިދާހުރި ކާނާއިން ފަރުވާ ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2020 | ހުކުރު 08:09
ފައިލް ފޮޓޯ: ކޮވިޑް-19އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައި

ފައިލް ފޮޓޯ: ކޮވިޑް-19އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައި

ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި، ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށް ނަފުސަށް އަޅައިލުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އެއްތަނެއް ގައި ބަންދުވެގެން ތިބެން ޖެހުނަސް، ނަފްސަށް ބޭނުންވާ ރޫޙާނީ ޣިޒާ ކަމުގައިވާ އަޅުކަމުގެ އިތުރުން ކަސްރަތާއި، ސިއްހަތަށް ފައިދާހުރި ކާނާ އާއި، ސިއްހީ މިންގަޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނެ ކަންކަން ކަމަށެވެ. އެހެންކަމުން ދުވަހުގެ ތާވަލު ރާވާލާ އިރު، ތިމާގެ ވަގުތު ބޭނުންތެރި ގޮތެއްގައި ހޭދަކުރެވޭތޯ މަސައްކަތް ކުރުމަށް ޚުތުބާގައި އެދިފައިވެއެވެ.

Advertisement - newsAdvertisement

އިޖްތިމާޢީ ގުޅުންތައް ބަދަހިވެގެން ދިޔުމަކީ، ނަފުސަށް ލިބޭނޭ ހިތް ހަމަޖެހުމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަފްސާނީ ދުޅަހެޔޮކަމާ އެކު ދިރިއުޅުން ފަހިވެގެންދާނެ ކަމަށާއި، އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުންގެ ނަފްސާނީ، ޖިސްމާނީ، އިޤްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ﷲ ދުނިޔޭގައި ލައްވާފައިވާ ސަބަބުތަކުގައި ހިފައި، އެކަލާނގެ ރަޙުމަތްފުޅާލައިގެއިގެން ކަމަށެވެ.

ދުނިޔޭގެ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތިކަމަކަށް ފަހު އެތައް ފަސޭހަތަކެއް އަންނާނެކަމަށް ﷲ ވައުދުވެ ވޮޑިގެންފައިވާ ކަންހަނދުމަކޮށް ދެއްވާ ޚުތުބާގައި ބުނީ ވައުދުފުޅުގެ މަތީން ހަނދާންކޮށް ހިތްވަރު އައުކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ އުދަގުލަކާ އެކު އެތައްފަސޭހަތަކެއްވާ ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ އިންސާނުންނާ ކުރިމަތިވާ ހިތާމައިގެ ވަގުތުގައި، އިޖްތިމާއީ ގޮތުން ކުރަން އެންމެ ބޭނުންތެރި އެއްކަމަކީ، އެއްބަޔަކު އަނެއް ބަޔަކަށްއަޅާލައި، އެހީތެރިވުން ކަމަށެވެ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖޫން 2025

މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

26 ޖޫން 2025
މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ
15 އޮކްޓޯބަރު 2018

އިންތިޚާބު ބާތިލު ކުރަން ހުށައެޅި މައްސަލައަކީ ހަވާ ނަފުސަށް އީމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއް: ހަސަން ލަތީފު

15 އޮކްޓޯބަރު 2018
އިންތިޚާބު ބާތިލު ކުރަން ހުށައެޅި މައްސަލައަކީ ހަވާ ނަފުސަށް އީމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއް: ހަސަން ލަތީފު
01 ޖޫން 2018

ތިމާގެ އަމިއްލަ ނަފުސަށް ނަޞްރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ: ޚުތުބާ

01 ޖޫން 2018
ތިމާގެ އަމިއްލަ ނަފުސަށް ނަޞްރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ: ޚުތުބާ
22 އޯގަސްޓު 2017

މަޖިލީހުގައި އިހްތިޖާޖު ކުރަމުން ދަނިކޮށް، މަސީހު "އަމިއްލަ ނަފުސަށް" ޖަލްސާއެއް ބާއްވައިފި

22 އޯގަސްޓު 2017
މަޖިލީހުގައި އިހްތިޖާޖު ކުރަމުން ދަނިކޮށް، މަސީހު "އަމިއްލަ ނަފުސަށް" ޖަލްސާއެއް ބާއްވައިފި
09 ޖުލައި 2017

މެމްބަރުން ޕީޕީއެމުން ވަކިވަނީ މަޖުބޫރީ ހާލަތުން މިންޖުވުމަށް: ޔުމްނާ

09 ޖުލައި 2017
މެމްބަރުން ޕީޕީއެމުން ވަކިވަނީ މަޖުބޫރީ ހާލަތުން މިންޖުވުމަށް: ޔުމްނާ
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް