Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޓެންސް އެއްބަސްވުން އާކުރުން

ނާޕޮލީގެ އެއްބަސްވުން މާޓެންސް އާކުރަނީ

މާޓެންސްގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ޖޫން 2020 | ހޯމަ 12:49
ނާޕޮލީގެ ފޯވާޑް ޑްރީސް މާޓެންސް: އިތުރު ތިން އަހަރަށް އެއްބަސްވުން އާކުރާނެ

ނާޕޮލީގެ ފޯވާޑް ޑްރީސް މާޓެންސް: އިތުރު ތިން އަހަރަށް އެއްބަސްވުން އާކުރާނެ

ނާޕޮލީގެ އެއްބަސްވުން އާކުރަން ބެލްޖިއަމްގެ ތަރި ޑްރީސް މާޓެންސް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ މާޓެންސް ނާޕޮލީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެކަމަކު އިތުރު ތިން އަހަރަށް ނާޕޮލީގެ އެއްބަސްވުން އާކުރަން އޭނާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނާޕޮލީގެ އެއްބަސްވުން އާކުރަން މާޓެންސް ނިންމި ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ ހޯދަން އިންޓަ މިލާނާއި ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނާޕޮލީގެ އެއްބަސްވުން މާޓެންސް އާކުރާއިރު، ދާދި ފަހުން އޭނާ ވަނީ ނާޕޮލީގެ ތާރީޚުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ މާޓެންސް ވަނީ އިޓާލިއަން ކަޕްގައި ނަޕޮލީއަށް 122 ލަނޑު ޖަހައިދީފައެވެ. ކުރިން މި ރެކޯޑް އޮތީ ނާޕޮލީގެ ކުރީގެ ކެޕްޓަން ސްލޮވާކިއާގެ މަރެކް ހަމްސިކް އަތުގައެވެ. 121 ލަނޑާއެކު ހަމްސިކް ލިސްޓުގެ ދެވަނައަށް ވެއްޓުނުއިރު، ތިންވަނައިގައި އޮތީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއެވެ.

2013 ވަނަ އަހަރު ނަޕޮލީއާ ގުޅުނު ފޯވާޑް އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ ނަޕޮލީއާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 90 މެޗުގައި 18 ލަނޑު ޖެހުމުގެ އިތުރަށް، ބެލްޖިއަމް އާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު