Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީ އާއި ސިލްވާ ދޫކޮށްލުން

ކަވާނީ އާއި ސިލްވާ ދޫކޮށްލަން ޕީއެސްޖީން ނިންމައިފި

14 ޖޫން 2020 | އާދީއްތަ 11:45

މި ދެ ކުޅުންތެރިން ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން މި ޖޫން މަހު ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖޫން 2020 | އާދީއްތަ 11:45
ޕީއެސްޖީގެ ފޯވާޑް އެޑިންސެން ކަވާނީ އާއި ޑިފެންޑަރު ތިއާގޯ ސިލްވާ

ޕީއެސްޖީގެ ފޯވާޑް އެޑިންސެން ކަވާނީ އާއި ޑިފެންޑަރު ތިއާގޯ ސިލްވާ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސެން ކަވާނީ އާއި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ، މި ސީޒަން ނިމުމުން ދޫކޮށްލާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ އާއި 35 އަހަރުގެ ސިލްވާ، ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ޖޫން މަހު ހަމަވާނެއެވެ. އެކަމަކު މި ދެކުޅުންތެރިން މި ސީޒަން ނިމެންދެން ޕީއެސްޖީގައި މަޑުކުރި ނަމަވެސް، މިސީޒަނަށްފަހު ޕީއެސްޖީއާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިނުކުރަން ވަނީ ނިންމާފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ސަބަބުން ފްރެންޗް ލީގު ކެންސަލް ކުރުމަށްފަހު ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. ޕީއެސްޖީއަށް މި ސީޒަނުގައި ދެން ކުޅެން ޖެހޭނީ ޔުއެފާ ޗެމްޕިއަންސް ލީގެވެ.

ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯ ބުނީ ސިލްވާ އާއި ކަވާނީއަކީ ޓީމަށް މުހިންމު ދެކުޅުންތެރިން ކަމުގައި ވީ ނަމަވެސް، މި ސީޒަނަށްފަހު މި އެ ކުޅުންތެރިންގެ އެއްބަސްވުން އައު ނުކުރަށް ކްލަބުން ނިންމާފައިވާ ކަމަށެވެ.

ޕީއެސްޖީން ކަވާނީ އާއި ސިލްވާ ދޫކޮށްލަން އުޅޭއިރު، ކަވާނީ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑާއި، އެތުލެޓިކޯ މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި ޗެލްސީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު 64 މިލިއަން ޔޫރޯ އަށް ޕީއެސްޖީއާ ގުޅުނު ފޯވާޑް ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 300 މެޗުން 200 ލަނޑު ޖަހައިދީފަ އެވެ. އަދި 2012 ވަނަ އަހަރު އޭސީ މިލާން ދޫކޮށް ޕީއެސްޖީއަށް ބަދަލުވި އެޓީމުގެ ކެޕްޓަން ސިލްވާ ވަނީ މިހާތަނަށް އެޓީމަށް 310 މެޗު ކުޅެދީފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް