Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސްޕެނިޝް ލީގު އެނބުރި އައި މެޗުން ސެވިއްޔާއަށް މޮޅެއް

ސްޕެނިޝް ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން އަލުން ފެށި ދެވަނަ ލީގު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖޫން 2020 | ހުކުރު 07:21
ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން: ބެޓިސް އަތުން ސެވިއްޔާ މޮޅުވީ 2-0 ން

ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން: ބެޓިސް އަތުން ސެވިއްޔާ މޮޅުވީ 2-0 ން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން ބުރާސްފަތި ދުވަހުގެރޭ އަލުން ފަށައި ކުޅުނު ފުރަތަމަ މެޗުން ސެވިއްޔާ މޮޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގު މެދުކަނޑާލީ މާޗު މަހުގެ 10 ވަނަ ދުވަހެވެ. ބުރާސްފަތި ދުވަހުގެރޭ ސްޕެނިޝް ލީގުގެ ކުޅުން އަލުން ފެށިއިރު، މި ލީގަކީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން އަލުން ފެށި ދެވަނަ ލީގެވެ. މީގެ ކުރިން މެއި މަހުގެ 16 ވަނަ ދުވަހު ޖަރުމަން ލީގުގެ ކުޅުން ވަނީ ފަށާފައެވެ.

ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށް ސްޕެނިޝް ލީގުގެ ކުޅުން އަލުން ފެށިއިރު، ކުޅުނު ފުރަތަމަ މެޗުން ސެވިއްޔާ މޮޅުވީ ޑާބީ މެޗުގައި ރެއާލް ބެޓިސް އަތުން 2-0 ންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޮސްއެވެ. އަދި ސެވިއްޔާގެ ދެވަނަ ލަނޑު އޮކަމްޕޮސް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެނާންޑޯއެވެ.

މި މޮޅާއެކު ސެވިއްޔާ އޮތީ 50 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި އޮތީ 58 ޕޮއިންޓާއެކު ބާސެލޯނާއެވެ. އަދި ދެވަނައިގައި 56 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ސެވިއްޔާ އަތުން ބަލިވި ބެޓިސް އޮތީ 33 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު