Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަޓީ ހޯދަން ކުރާ މަސައްކަތް

ފަޓީ ގަތުމަށް ޔުނައިޓެޑުން މަސައްކަތް ކުރި

ފަޓީއަށް ޔުނައިޓެޑުން ވަނީ 103 މިލިއަން ޔޫރޯ ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 12:26
ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދި ފަޓީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ބާސާއަށް ކުޅެދިން ފުރަތަމަ މެޗުގައި ލަނޑު ޖެހިއިރު، އޭނާ އަކީ ބާސާއަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު ވެސް ގާއިމު ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން ޔުނައިޓެޑުން ވަނީ އުމުރުން 17 އަހަރުގެ ފަޓީ ގަތުމަށް 103 މިލިއަން ޔޫރޯ ހުށަހަޅާފައެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ ފަޓީއަށް 100 މިލިއަން ޔޫރޯގެ ބިޑެއް ކްލަބަކުން ހުށަހެޅި ކަމަށާއި، އެކަމަކު ބާސާއިން އެ ހުށަހަޅުމަށް ނޫނެކޭ ބުނެފައިވާ ކަމަށް، އެ ކްލަބުގެ ބޯޑާ ހިއްސާކޮށްފައެވެ.

ފަޓީގެ އޭޖެންޓަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވެސް އޭޖެންޓު ޖޯޖް މެންޑޭޒްއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސާ އާއެކު ފަޓީ ހަދާފައިވާ އެއްބަސްވުން އުވާލަން 170 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ.

ފަޓީގެ އިތުރުން ޔުނައިޓެޑުން މީގެ ކުރިން ވަނީ ބޮރޫޝިއާ ޑޯޓްމުންޑުގެ ފޯވާޑް ޖޭޑަން ސަންޗޯ ގަތުމަށްވެސް މަސައްކަތް ކޮށްފައެވެ. އެކަމަކު ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް މަޑުޖައްސާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން މިހާރު ފާރަލަމުން އަންނަނީ އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝްއަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔުނައިޓެޑަށް ވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު