Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޫމަން ބާސާއަށް ކޯޗު ކޮށްދިނުން

އަހަރެންގެ ހުވަފެނަކީ ބާސާއަށް ކޯޗު ކޮށްދިނުންކަން އެންމެނަށް އިނގޭނެ: ކޫމަން

7 ޖޫން 2020 | އާދީއްތަ 12:30

މީގެ ކުރިން ކޫމަން ވަނީ ބާސާއަށް ނޫނެކޭ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ޖޫން 2020 | އާދީއްތަ 12:30
ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން: ބާސާއަށް ކޯޗުކޮށްދިނުމަކީ އޭނާގެ ހުވަފެނެއް

ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން: ބާސާއަށް ކޯޗުކޮށްދިނުމަކީ އޭނާގެ ހުވަފެނެއް | ގެޓީ އިމޭޖަސް

އޭނާގެ ހުވަފެނަކީ ބާސެލޯނާއަށް ކޯޗު ކޮށްދިނުންކަން އެންމެނަށް އިނގޭނެ ކަމަށް ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕުން ބާސާ ކެޓުމާ އެކު އޭރު އެ ޓީމުގެ ކޯޗުކަމުގައި ހުރި އާނެސްޓޯ ވަލްވޭޑޭ ވަނީ ވަކިކޮށްފައެވެ. ވަލްވޭޑޭ ވަކިކުރުމަށް ފަހު ބާސާއިން ވަނީ ރެއާލް ބެޓިސްއަށް ކުރިން ކޯޗުކޮށްދިން ކީކޭ ސެޓިއެން ގެނެސްފައެވެ. އެކަމަކު ސެޓިއެންއާ އެ ޒިންމާ ހަވާލުކުރުމުގެ ކުރިން ބާސާއިން ވަނީ ކުރިން އެ ޓީމަށް ކުޅުނު ކޫމަންއަށް ވެސް އެ ޓީމުގެ ކޯޗުކަން ހުށަހަޅާފައެވެ. ނަމަވެސް އެ ފަހަރު އެ ހުށަހެޅުމަށް ކޫމަން ވަނީ ނޫނެކޭ ބުނެފައެވެ.

ދާދި ފަހުން ކޫމަން ބުނީ އޭނާގެ ހުވަފެނަކީ ބާސާއަށް ކޯޗު ކޮށްދިނުންކަން އެންމެނަށް އިނގޭނެ ކަމަށާއި ބާސާއިން ވަރަށް ފަހަކުން ވެސް އޭނާ އަށް ގުޅި ކަމަށެވެ. އެކަމަކު މިވަގުތު އޭނާގެ މަސްއޫލިއްޔަތަކީ ނެދަލެންޑްސް ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކަމަށާއި، އެހެންވެ ބާސާއަށް މިވަގުތު ޖަވާބެއް ދޭން އުނދަގޫވި ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ ޔޫރޯއަށްފަހު އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު އޭނާގެ އެއްބަސްވުމުގައި އޮތް ނަމަވެސް، މި ދަނޑިވަޅުގައި އެކަމާ ދޭތެރޭ ނުވިސްނާ ކަމަށް ވެސް ކޫމަން ބުންޏެވެ.

އުމުރުން 56 އަހަރުގެ ކޫމަންއާ އެކު ނެދަލެންޑްސްއިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން ކޫމަން ބޭނުންވެއްޖެނަމަ މަގާމު ދޫކޮށްލުމުގެ އިހުތިޔާރު އޮވެއެވެ. އެކަމަކު އެކަން ކުރެވެނީ އޭނާ ދެން ހަވާލުވާ ޓީމަކުން އެއްބަސްވުން އުވާލަން ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

ނެދަލެންޑްސް ގައުމީ ޓީމާއެކު 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ވަނީ ފުޓްބޯޅަ ކެރިއަރުގައި ބާސެލޯނާ އަށް ވެސް ކުޅެފައެވެ. އަދި އޭނާ ވަނީ ބާސެލޯނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން، އިނގިރޭސި ޕްރިމިއަރ ލީގުގެ ސައުތްހޭމްޕްޓަންގައި ކޫމަން ކުރި މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް