Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދޮގު މައުލޫމާތު ކޮމެޓީއަށް ދިނުން

އިދާރާތަކުން ދޮގު މައުލޫމާތުދޭ މައްސަލަ ކޮމެޓީން ބަލަނީ

ދޮގު މައުލޫމާތު ދޭ މައްސަލަ ބެލުމަށް އެޖެންޑާ ކުރެވިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 13:52
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ

ކޮމެޓީއަށް ހާޒިރުނުކުރެވޭ އިދާރާތަކުގެ ބޭފުޅުން ސައްހަ ނޫން މައުލޫމާތު ހިއްސާކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ދޮގު މައުލޫމާތުދޭ މައްސަލަ ބެލުމަށް އެޖެންޑާ ކުރެވިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގައެވެ.

Advertisement - newsAdvertisement

މި މައްސަލަ ކޮމެޓީން އެޖެންޑާ ކޮށްފައިވާއިރު ދާދި ފަހުން ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ ކޮމެޓީއަށް ދެއްވި ބައެއް މައުލޫމާތު ސައްހަ ނޫންކަން ވަނީ ހާމަވެފައެވެ. ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ޖުލައި މަހުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ފްލެޓުތައް، ހައްގުވެރިންނާއި ހަވާލުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ފަހުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓަރ އަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެފައެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި މައްސަލަ ކޮމެޓީއަށް އެޖެންޑާ ކުރެވުނީ ބައެއް އިދާރާތަކުން ކޮމެޓީއަށް މައުލޫމާތު ދިނުމަށްފަހު އެހެންތަންތަނުގައި އެހެން ގޮތްގޮތަށް މައުލޫމާތު ދެމުންދާތީ ކޮމެޓީގެ މެމްބަރުންގެ ކަންބޮޑުވުން ހުރުމުން ކަމަށެވެ. އަދި މި ބައްދަލުވުމުގައި މިކަންކަން ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައިވާގޮތުން ވަޒީރަކާ ނޯޓިސް ދީގެން ކުރެވޭ ސުވާލަކަށް، ސުވާލުވެވޭ ވަޒީރު ޖަވާބު ނުދީފިނަމަ، ނުވަތަ ޖަވާބު ދިނުމުގައި ދޮގު މައުލޫމާތެއް ދީފިކަމަށް، ނުވަތަ ކަމެއް އޮޅުވާލައިފިކަމަށް މަޖިލީހުގެ މެންބަރަކަށް ފެނިއްޖެނަމަ، އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ވެއެވެ.

މަޖިލީހުގެ ކޮމިޓީތަކުން އަންގައިގެން ވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާ އިތުރުފުޅު ހައްދަވާ ކަމުގެ ޝަކުވާތަކެއް ލިބިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ ކަމެއް ކުރައްވާކަމަށް ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު