Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި މަރުވާ މީހުންގެ އަދަދު އިތުރުވުން

ޖޫން މަހުގެ ނިޔަލާ ހަމައަށް 127،000 މީހުން މަރުވާނެ ކަމަށް އެމެރިކާއިން އަންދާޒާކޮށްފި

މި އަންދާޒާތައް ދައްކާގޮތުން ދޮޅުލައްކައާ ގާތްކުރާ އަދަދަކަށް މި މަހުގެ ނިޔަލަށް މީހުން މަރުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖޫން 2020 | ބުރާސްފަތި 23:26
އެމެރިކާގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މަރުވާ މީހުން ބޮޑެތި ވަޅުތައް ކޮނެފައި އެއްތަނެއްގައި ވަޅުލަނީ

އެމެރިކާގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މަރުވާ މީހުން ބޮޑެތި ވަޅުތައް ކޮނެފައި އެއްތަނެއްގައި ވަޅުލަނީ

ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޮވިޑް-19 ޖެހިގެން އެމެރިކާގައި 127،000 (އެއްލައްކަ ހަތާވީސް ހާސް) މީހުން މަރުވެދާނެކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން އަންދާޒާކޮށްފިއެވެ.

ސީޑީސީން ހަދާފައިވާ މި އަންދާޒާއަކީ އެކިއެކި 20 އިންސްޓިޓިއުޓަކުންނާއި ރިސަރޗް ހަދާ ފަރާތްތަކުން ހަދަފައިވާ އަންދާޒާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާއެކެވެ. ބުރާސްފަތި ދުވަހު އާންމުކުރި މި އަންދާޒާތަކުން ދައްކާގޮތުން ޖޫން 27 އާ ހަމައަށް 127،230 (އެއްލައްކަ ހަތާވީސް ހާސް ދުއިސައްކަތް ތިރީސް) މީހުން މަރުވަނާކެމަށް ލަފާކޮށްފައިވާ އިރު، 118،450 (އެއްލައްކަ އަށާރަ ހާސް ހަތަރުސަތޭކަ ފަންސާސް) އާއި 143،340 (އެއްލައްކަ ސާޅީސް ތިން ހާސް ތިންސަތޭކަ ސާޅީސް) އާ ދެމެދުގެ އަދަދެއްގެ މީހުން މި މުއްދަތުގައި މަރުވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ސީޑީސީން އެންމެ ފަހުން މިދިޔަ ހަފްތާގައި އާންމުކުރި އަންދާޒާތައް ދައްކާގޮތުން ވެސް ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް 123،000 (އެއްލައްކަ ތޭވީސް ހާސް) މީހުން މަރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ސީޑީސީގެ އެންމެ ފަހުގެ އަންދާޒާތައް ދައްކަގޮތުން ނަމަ އަލަށް ރިޕޯޓް ކުރާ މަރުގެ ކޭސްތައް އެކި ސްޓޭޓްތަކުން އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން ބައެއް ސްޓޭތްތަކުން މިހާރު ވެސް މަރުގެ ކޭސްތައް ރިޕޯޓްކުރަމުން އަންނަ ވަރަށް އެއްވަރެއްގައި ކޭސްތައް ރިޕޯޓް ކުރަމުން އަންނާނެ ކަމަށާއި، އެހެން ސްޓޭޓްތަކުގައި ކޭސްތައް އަންނަވަރު މަދުވެދާނެކަމަށް ސީޑީސީގެ އަންދާޒާތަކުން ދައްކައެވެ.

އެމެރިކާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. މިހާތަނަށް އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދަކީ 1.9 މިލިއަން މީހުންނެވެ. މިހާތަނަށް އެގައުމުގައި 109،000 (އެއްލައްލަ ނުވަ ހާސް) އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުން ބަލިޖެހިފައިވަނީ ވެސް، މަރުވެފައިވަނީ ވެސް އަދި ރަނގަޅުވީ ވެސް އެމެރިކާގައެވެ.

އިތުރަށް ކިޔާލަން

21 މެއި 2018

ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ

21 މެއި 2018
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ
20 އެޕްރީލު 2018

ތުރުކީގެ ރިޔާސީ އިންތިހާބު ޖޫން މަހު ބާއްވަނީ!

20 އެޕްރީލު 2018
ތުރުކީގެ ރިޔާސީ އިންތިހާބު ޖޫން މަހު ބާއްވަނީ!
14 އެޕްރީލު 2018

ސީރިޔާއަށް ދެމުންދާ ހަމަލާ: ފުރިހަމައަށް މިޝަން ތަންްފީޒު ވެއްޖެކަމަށް ރައީސް ޓްރަމް ވިދާޅުވެއްޖެ

14 އެޕްރީލު 2018
ސީރިޔާއަށް ދެމުންދާ ހަމަލާ: ފުރިހަމައަށް މިޝަން ތަންްފީޒު ވެއްޖެކަމަށް ރައީސް ޓްރަމް ވިދާޅުވެއްޖެ
30 ޖެނުއަރީ 2018

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި
20 ޖެނުއަރީ 2018

ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް

20 ޖެނުއަރީ 2018
ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު