Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލް ލީގު ފެށުން

މެދުކަނޑާލި ޕޯޗުގަލް ލީގު އަލުން ފަށައިފި

ޕޯޗުގަލް ލީގު މެދުކަނޑާލީ މާޗު މަހުގެ 12 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 10:37
ޕޯޗުގީސް ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ފަމަލިކޯ އާއި ޕޯޓޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޕޯޗުގީސް ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ފަމަލިކޯ އާއި ޕޯޓޯ ބައްދަލުކުރި މެޗުގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލި ޕޯޗުގީސް ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޕޯޗުގަލް ލީގު މެދުކަނޑާލީ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. ލީގު އަލުން ފެށި މި މަހުން ފެށިގެން ކުޅިވަރު ހަރަކާތްތައް ފެށުމުގެ ހުއްދަ ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ދެއްވުމާ ގުޅިގެންނެވެ.

ބުދަ ދުވަހުގެރޭ ލީގުގެ ކުޅުން އަލުން ފެށިއިރު، ލީގު ކުރިއަށްދަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެއްވަނައިގައި އޮތް ޕޯޓޯ ވަނީ ފަމަލިކޯ އަތުން 2-1 އިން ބަލިވެފައެވެ. ފަމަލިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ފަމަލިކޯ އަށް ލީޑު ނަގައިދިނީ ފަބިއޯ މާޓިންސް އެވެ.

އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ޕޯޓޯ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެސުސް މެނުއެލް ކޮރޯނާ އެވެ. މެޗުގައި ފަމަލިކޯ އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ގޮންޒާލްވޭސް އެވެ.

މި މެޗުން ބަލިވި ނަމަވެސް، ޕޯޓޯ އެއްވަނައިގައި އޮތީ އެއް ޕޮއިންޓުގެ ފަރަގަކާއެކު އެވެ. ކުޅުނު 25 މެޗުން ޕޯޓޯ އަށް 60 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ބެންފީކާ އަށް 24 މެޗުން ވަނީ 59 ޕޮއިންޓު ލިބިފައެވެ.

ޕޯޗުގަލް ލީގު އަލުން ފެށިއިރު، މީގެ ކުރިން ޖަރުމަން ލީގުގެ ކުޅުން ވަނީ މިދިޔަ މަހު އަލުން ފަށާފައެވެ. އަދި މި މަހުގެ ތެރޭގައި ޔޫރަޕްގެ ގިނަ ލީގުތަކެއްގެ ކުޅުން އަލުން ފެށުމަށް ވަނީ ތާވަލު ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު