Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ މެޗުތައް ކުޅުން

އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ޕްރިމިއާ ލީގުގެ ކްލަބުތަކަށް ދީފި

މެޗުތައް ކުޅުމަށް ހާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖޫން 2020 | ބުދަ 07:48
ހޯމަ ދުވަހު ލިވަޕޫލުން އެ ކްލަބުގެ ކުޅުންތެރިން ދެ ޓީމަކަށް ބަހާލައިގެން ކުޅުނު މެޗުގެ ތެރެއިން

ހޯމަ ދުވަހު ލިވަޕޫލުން އެ ކްލަބުގެ ކުޅުންތެރިން ދެ ޓީމަކަށް ބަހާލައިގެން ކުޅުނު މެޗުގެ ތެރެއިން

އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަށް ދީފި އެވެ.

އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ކްލަބުތަކަށް ދިންއިރު، މިމަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން 17 ވާ ބުދަ ދުވަހު ދެ މެޗެއް ކުޅުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އެއީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗާއި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ.

މީގެ ކުރިން ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުމުގެ ހުއްދަ ޕްރިމިއާ ލީގުގެ ކްލަބުތަކަށް ދީފައިވާއިރު، އަންގާރަ ދުވަހު ވަނީ ލީގު ފެށުމުގެ ކުރިން އެކުވެރިކަމުގެ މެޗުތައް ކުޅެން ބޭނުންވާ ކްލަބުތަކަށް އެ ފުރުސަތު ދީފައެވެ. އެކަމަކު މެޗުތައް ކުޅުމަށް ހާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކްލަބުތަކުގެ ރަސްމީ ދަނޑުގެ އިތުރުން ތަމްރީނުކުރާ ދަނޑުގައި ވެސް މެޗު ކުޅުމެއް ހުއްދަ ދީފައިވީ ނަމަވެސް، ކުޅުންތެރިން ދަތުރުކުރާއިރު އަމަލުކުރަން ޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

ކްލަބުތަކުން ލީގު އަލުން ފަށަންވާއިރަށް ތައްޔާރުވަމުން އަންނައިރު، މިދިޔަ ހޯމަ ދުވަހު ލިވަޕޫލުން ވަނީ އެ ކްލަބުގެ ކުޅުންތެރިން ދެ ޓީމަކަށް ބަހާލައިގެން ރަސްމީ ދަނޑުގައި މެޗެއް ކުޅެފައެވެ.

އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ޕްރިމިއާ ލީގުގެ ކްލަބުތަކަށް ދިންއިރު، ޕްރިމިއާ ލީގުން އަންނަނީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ހަތަރު ބެއްގެ މަތިން ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރިއިރު، މިހާތަނަށް 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު