Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލްގައި ލުއިޒް މަޑުކުރުން

އާސެނަލުން ލުއިޒްގެ އެއްބަސްވުން އާކުރާނެ: އޭޖެންޓް

ލުއިޒް އާސެނަލަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2020 | ހޯމަ 16:16
އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް: އޮގަސްޓް މަހު ލުއިޒްގެ އެއްބަސްވުން ހަމަވާނެ

އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް: އޮގަސްޓް މަހު ލުއިޒްގެ އެއްބަސްވުން ހަމަވާނެ

ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އެއްބަސްވުން ކުރު މުއްދަތަކަށް އާސެނަލުން އާކުރާނެ ކަމަށް ލުއިޒްގެ އޭޖެންޓް ބުނެފި އެވެ.

ޗެލްސީ ދޫކޮށް ލުއިޒް އާސެނަލް އަށް ބަދަލުވީ 8 މިލިއަން ޕައުންޑުގެ އަގަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު މީޑިއާ ތަކުން ވަނީ ލުއިޒް އާސެނަލްއަށް ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓު ކޮށްފަ އެވެ. އެކަމަކު ދާދި ފަހުން ސްކައި ސްޕޯޓްސް އިން ވަނީ ލުއިޒް އާސެނަލާއެކު ހެދީ އެއް އަހަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓު ކޮށްފައެވެ.

އޮގަސްޓް މަހު ލުއިޒްގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި ސީޒަން ދިގުލައިގެންދާނެތީ، އާސެނަލުން ލުއިޒްގެ އެއްބަސްވުން މި ސީޒަން ނިމެންދެން އާކުރާނެ ކަމަށް އޭނާގެ އޭޖެންޓް ވަނީ ބުނެފަ އެވެ.

ލުއިޒްގެ އޭޖެންޓް އިތުރަށް ބުނީ މި ސީޒަން ނިމެންދެން އެއްބަސްވުން އާކުރާއިރު، އަންނަ ސީޒަނުގައި ލުއިޒް އާސެންލަގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މީގެ ކުރިން ލުއިޒް ވަނީ އާސެނަލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އެކަމަކު މީގެ ކުރިން މީޑިއާތަކުން ވަނީ އާސެނަލުން ލުއިޒް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ބެންފީކާ އަށް ވެސް ކުޅުނު ލުއިޒް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކުޅެފައެވެ. އަދި ވަނީ 2014 ން 2016 އަށް ޕީއެސްޖީ އަށް ވެސް ކުޅެފައެވެ. އާސެނަލަށް މިހާތަނަށް ލުއިޒް ވަނީ 32 މެޗު ކުޅެދީފަ އެވެ. އެކަމަކު އޭނާގެ ފަރާތުން މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެެއެެވެ.

ލުއިޒްގެ ކާމިޔާބީތަކަށް ބަލާލާއިރު އޭނާ ވަނީ 2016/2017 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އާއެކު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ އިތުރުން 2011/2012 ވަނަ އަހަރުގެ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ޗެލްސީ އާއެކު ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެސްޖީ އާއެކު ފްރެންޗު ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފައިވާ ލުއިޒް ވަނީ އެޓީމަށް މިހާތަނަށް 57 މެޗު ކުޅެދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު