Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޓަލާންޓާ ކޯޗު ކޮވިޑް-19ށް ޕޮޒިޓިވްވުން

ވައިރަހާ ހަނގުރާމަ ކުރީ މަރާ ކުރިމަތިލުމުގެ ބިރާއެކު: އެޓަލާންޓާ ކޯޗު

ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވައިރަހުގެ އަސަރު ގެސްޕަރީނީ އަށް ވަނީ ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2020 | ހޯމަ 10:03
އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ: ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅު

އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ: ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅު

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަ ކުރީ މަރާ ކުރިމަތިލުމުގެ ބިރާއެކު ކަމަށް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނެފި އެވެ.

ކޮވިޑް-19ށް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ޕޮޒިޓިވްވީ މާޗު މަހުގެ ކުރީކޮޅުއެވެ. އެގޮތުން މާޗު މަހުގެ 11 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި އެޓަލާންޓާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވައިރަހުގެ އަސަރު އޭނާ އަށް ކުރި ކަމަށް ވަނީ ބުނެފައެވެ.

އަދި އެ މެޗަށްފަހު ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ވެލެންސިއާ އިން ވަނީ ވައިރަހުގެ އަސަރު ހުރެ ގެސްޕަރީނީ އެ ދުވަހު މެޗަށް ދިޔަކަން ހާމަކުރުމުން، ނުރުހުން ފާޅު ކޮށްފައެވެ.

ކޮވިޑް-19ން ގެސްޕަރީނީ މިހާރު ރަނގަޅުވެފައިވާއިރު، ދާދި ފަހުން އޭނާ ވަނީ މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. ގެސްޕަރީނީ ބުނީ ކޮވިޑް-19 ގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އޭނާ ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދީފައިނުވާ ކަމަށެވެ. އެކަމަކު ގޭގައި އޮތްއިރު، ކޮންމެ ދެ މިނެޓަކުން އެމްބިއުލަންސެއް ދަތުރުކުރާ އަޑު އިވޭ ކަމަށެވެ. އަދި އެ އަޑުތައް އިވެ، މިއީ ބޮޑު ހަނގުރާމައެއްހެން ހީވި ކަމަށާއި، މަރާ ކުރިމަތިލާން ޖެހިދާނެ ކލަމުގެ ބިރު އޭނާ އަށް ހީވި ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19ށް ގެސްޕަރީނީ ޕޮޒިޓިވްވި ނަމަވެސް، އެޓަލާންޓާގެ ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު އިޓާލިއަން ލީގު މެދުކަނޑާލިއިރު، އިޓަލީގެ ސަރުކާރުގެ ހުއްދަ އާއެކު އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފައެވެ. އަދި އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަންވެސް ވަނީ ކަނޑައަޅާފައެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
16 އެޕްރީލު 2017

ޕެނަމާ ގައުމީ ޓީމަށް ކުޅުނު ހެންރިކުއޭޒް ގަޔަށް ބަޑިޖަހާ މަރާލައިފި

16 އެޕްރީލު 2017
ޕެނަމާ ގައުމީ ޓީމަށް ކުޅުނު ހެންރިކުއޭޒް ގަޔަށް ބަޑިޖަހާ މަރާލައިފި
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު