Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮޑީބިލްޑިންގ މުބާރާތް ނުބޭއްވުން

ގައުމީ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް މިއަހަރު ނުބޭއްވުމަށް ނިންމައިފި

ގައުމީ ބޮޑީބިލްޑިންގ ޓީމަށް އެތުލީޓުން ނެގުންވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2020 | ހޯމަ 09:45
މިދިޔަ އަހަރު ބޭއްވި ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ތެރެއިން

މިދިޔަ އަހަރު ބޭއްވި ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ތެރެއިން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް 19 ވަނަ ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބޭއްވުމަށް ނިންމައިފި އެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޝަވަރާ އާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ ލަފާފުޅާއި އަދި އެ އެސޯސިއޭޝަންގެ އާންމު މެންބަރުންނާއި ކުރެވުނު މަޝްވަރާ އަށްފަހު، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތުގެ އިތުރަށް ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތުލީޓުން ހޮވުން އަންނަ އަހަރަށް ފަސްކުރުމަށް ވެސް ނިންމާފައިވާ ކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ނުބޭއްވުމަށް ނިންމި 19 ވަނަ ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ދެން ބާއްވާނީ އަންނަ އަހަރުގެ މާވު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ގައުމީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތުލީޓުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

ގައުމީ ބޮޑީބިލްޑިންގ މުބާރާތް މިއަހަރު ނުބޭއްވުމަށް ނިންމިއިރު، މީގެ ކުރިން ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފައެވެ. މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު 5ން 11ށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 1ން 7ށް ތާވަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު