Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިދް-10: ސައުދީގެ ޙާލަތު

ސައުދީ އަރަބިއްޔާގެ ބައެއް މިސްކިތްތައް އާދީއްތަ ދުވަހު އާންމުންނަށް ހުޅުވާލަނީ

29 މެއި 2020 | ހުކުރު 02:12

ސައުދީގެ 90،000ށްވުރެ ގިނަ މިސްކިތްތައް ހުޅުވާލަން ވަނީ ނިންމާފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 29 މެއި 2020 | ހުކުރު 02:12
ސައުދީ އަރަބިއްޔާގެ މިސްކިތެއް: މިސްކިތްތައް ހުޅުވާލަނީ 2 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު

ސައުދީ އަރަބިއްޔާގެ މިސްކިތެއް: މިސްކިތްތައް ހުޅުވާލަނީ 2 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު

ދެމަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސައުދީ އަރަބިއްޔާގެ 90،000ށްވުރެ ގިނަ މިސްކިތްތައް ހުޅުވާލަން އެޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށް އެޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ކޯލް އެންޑް ގައިޑެންސް އިން ޢާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މައި އަދި ކުދި މިސްކިތްތައް ހިމެނޭ ގޮތައް، މި މިސްކިތްތައް ހުޅުވާނީ އާދިއްތަ ދުވަހުގެ ފަތިސް ނަމާދަށް ކަމަށެވެ. އަދި ހުޅުވުމުގެ ކުރިން މިސްކިތްތައް ސާފުކޮށް ޑިސްއިންފެކްޓް ކުރާނެ ކަމަށެވެ. ހުޅުވަން ނިންމި މިސްކިތްތަކުގެ ތެރޭގައި މައްކާގެ އެއްވެސް މިސްކިތެއް ނުހިމެނެއެވެ. އެއީ މައްކާއަކީ އަދިވެސް އެންމެ ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުންދާ މައި ސިޓީއަކަށް ވާތީއެވެ.

މިސްކިތްތައް ހުޅުވާލަން ތައްޔާޜުވަމުން ދާއިރު، މީޑިއާ މެދުވެރިކޮށް ޢާންމުން ޢަމަލުކުރަން ޖެހޭ ބައިނަލްއަޤުވާމީ މިންގަޑުތަކާއި، އަދި މިސްކިތައް ޖަމާޢަތަށް ދިއުމުގައި ޢަމަލު ކުރަންޖެހޭ ޢާންމު އުޞޫލުތަކަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެއް މިހާރުވަނީ ފަށާފައެވެ.

މިސްކިތްތައް ހުޅުވާލި ނަމަވެސް، ޢާންމުން ޢަމަލު ކުރަން ޖެހޭ އުޞޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގައި ވާގޮތުން މިސްކިތައް ދިއުމުގެ ކުރިން ގޭގައި ވުޟޫކޮށް، މިސްކިތައް ދިމުގެ ކުރިންނާއި ގެއަށް އަނބުރާ އައުމަށް ފަހު، އަތްދޮވެ ސެނިޓައިޒްކުރުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކައް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ގޭގައި ނަމާދު ކުރުމަށް ވަނީ އަންގާފައެެވެ. އަދި މިސްކިތައް ޖަމާޢަތުގައި ނާމަދަށް ދާ މީހުން މިސްކިތުގައި ޤުރުއާން ކިޔަވަން ބޭނުންވާނަމަ އަމިއްލައަށް ގެއިން ޤުރުއާނެއް ހިފައިގެން ދިއުމަށާއި، ނޫނީ އިލެކްޓްރޯނިކް ވަޞީލަތެއް ނުވަތަ އަމިއްލަ ފޯނުން ޤުރުއާން ކިޔެވުމަށް ވަނީ އަންގާފަ އެވެ. އަދި ދެ ނަމާދު ދޭތެރޭގައި މިސްކިތުގައި މަޑުކުރާނަމަ، އެ ހޭދަކުރާ ވަގުތުގައި ދެމީހުން ދޭތެރޭގައި ދެ ފޫޓުގެ ދުރުމިނެއް ބަހައްޓަންވެސް އުޞޫލުގައި ވެއެވެ.

އުމުރުން ދުވަސްވީ މީހުން މިސްކިތައް ދިއުން މަނާކުރި ނަމަވެސް އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް މިސްކިތައް ދިއުން ހުއްދަ އެވެ. އެހެންނަމަވެސް މިސްކިތައް ދާއިރު މާސްކް އެޅުމާއި، ސަލާމް ނުކުރުމަށާއި، މިސްކިތުގެ ފާރާއި، ގޭޓުފަދަ ތަންތާގައި އަތްނުލުމަށާއި، މިސްކިތުގައި ބަހައްޓާފައި ހުންނަ މުޞްހަފާއި، ދީނީ ފޮތްތައް ބޭނުން ނުކުރުމަށްވެސް އުޞޫލުގައި ވެއެވެ.

ސައުދީ ސަރުކާރުން މިސްކިތްތައް ހުޅުވާލަން ތައްޔާރު ވަމުން ދާއިރު، 10 މިލިއަން މިސްކިތް ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެކި ސައިޒުގެ ޤުރުއާނުގެ 43 މިލިއަން މުޞްޙަފާއި، އަދި ޤުރުއާން ރައްކާތެރިކަމާއެކު ބަހައްޓާ 600،000ށް ވުރެ ގިނަ އަލަމާރި ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް