Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާލަންޑުގެ ކަކުލަށް އަނިޔާވުން

ޑޯޓްމުންޑުގެ އާލިން ހާލަންޑަށް އަނިޔާވެއްޖެ

27 މެއި 2020 | ބުދަ 17:58

ހާލަންޑަށް އަނިޔާވީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 މެއި 2020 | ބުދަ 17:58
ބޮރޫޝިއާ ޑޯޓްމުންޑުގެ ޒުވާން ފޯވާޑް އާލިން ހާލަންޑް: ކަކުލަށް ވަނީ އަނިޔާވެފައި

ބޮރޫޝިއާ ޑޯޓްމުންޑުގެ ޒުވާން ފޯވާޑް އާލިން ހާލަންޑް: ކަކުލަށް ވަނީ އަނިޔާވެފައި

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ހާލަންޑުގެ ކަކުލަށް އަނިޔާވެއްޖެ އެވެ.

ހާލަންޑަށް އަނިޔާވީ ޖަރުމަން ލީގުގައި އަންގާރަ ދުވަހުގެރޭ ބަޔާން މިއުނިކް އަތުން 1-0 ން ޑޯޓްމުންޑް ބަލިވި މެޗުގައެވެ. އެ މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް ހާލަންޑް އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

ޑޯޓްމުންޑުގެ ކޯޗު ލޫޝިއެން ފާވްރޭ ބުނީ މެޗަށްފަހު ހެދި ޓެސްޓުތަކުން ހާލަންޑުގެ ކަކުލަށް އަނިޔާވެފައިވާ ކަން އެނގުނު ކަމަށެވެ. އެ އަނިޔާގެ ތަފްސީލު އަދި ނޭނގުނު ނަމަވެސް، ހާލަންޑުގެ އަނިޔާ ސީރިއަސް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖަރުމަން ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އެއްވަނައިގައި އޮތް ބަޔާން އަތުން ބަލިވެ، ޑޯޓްމުންޑާއި ބަޔާންގެ ފަރަގު ވަނީ ހަތް ޕޮއިންޓަށް ފުޅާވެފައެވެ. ލީގުގައި ދެ ޓީމަށްވެސް ބާކީ އޮތީ 10 މެޗެވެ.

މިދިޔަ ޖެނުއަރީ މަހު ސާލްޒްބާގުން ޑޯޓްމުންޑަށް ބަދަލުވި ހާލަންޑު އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޑޯޓްމުންޑް ޖާޒީގައި ހާލަންޑު މިހާތަނަށް ކުޅުނު 14 މެޗުގައި ވަނީ 13 ލަނޑު ޖަހާފައެވެ.

އުމުރުން 19 އަހަރުގެ ހާލަންޑު 2024 ގެ ނިޔަލަށް ޑޯޓްމުންޑާ އެކު އެއްބަސްވުން ހެދިއިރު، އޭނާ ވަނީ ޖަރުމަން ލީގުގައި ވެސް ރެކޯޑެއް ހަދާފައެވެ. އެގޮތުން އޭނާ ވެފައިވަނީ ޖަރުމަން ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ދެ މެޗުގައި ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2020

ހާލަންޑަށް ރެއާލުން އަދިވެސް ފާރަލާ: ރިޕޯޓް

25 ފެބުރުއަރީ 2020
ހާލަންޑަށް ރެއާލުން އަދިވެސް ފާރަލާ: ރިޕޯޓް
24 ފެބުރުއަރީ 2020

ރެއާލްގެ ފޯވަރޑް ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެ

24 ފެބުރުއަރީ 2020
ރެއާލްގެ ފޯވަރޑް ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެ
04 ފެބުރުއަރީ 2020

ނޭމާއަށް އަނެއްކާވެސް އަނިޔާވެއްޖެ

04 ފެބުރުއަރީ 2020
ނޭމާއަށް އަނެއްކާވެސް އަނިޔާވެއްޖެ
23 ޖެނުއަރީ 2020

ލެސްޓާއަށް މޮޅެއް: ނަމަވެސް ވާޑީ އަށް އަނިޔާވެއްޖެ

23 ޖެނުއަރީ 2020
ލެސްޓާއަށް މޮޅެއް: ނަމަވެސް ވާޑީ އަށް އަނިޔާވެއްޖެ
25 ސެޕްޓެމްބަރު 2019

ސްޕެނިޝް ލަލީގާ: ބާސާ މޮޅުވިއިރު، އަނެއްކާވެސް މެސީއަށް އަނިޔާވެއްޖެ

25 ސެޕްޓެމްބަރު 2019
ސްޕެނިޝް ލަލީގާ: ބާސާ މޮޅުވިއިރު، އަނެއްކާވެސް މެސީއަށް އަނިޔާވެއްޖެ
15 ފެބުރުއަރީ 2019

ޕެލިކަންސްގެ ކުޅުންތެރިޔާ އެންތަނީ ޑޭވިސްއަށް އަނިޔާވެއްޖެ

15 ފެބުރުއަރީ 2019
ޕެލިކަންސްގެ ކުޅުންތެރިޔާ އެންތަނީ ޑޭވިސްއަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2019

ނޭމާއަށް އަނެއްކާ ވެސް އަނިޔާވެއްޖެ، ދަނޑުން ފޭބީ ރޮމުން

24 ޖެނުއަރީ 2019
ނޭމާއަށް އަނެއްކާ ވެސް އަނިޔާވެއްޖެ، ދަނޑުން ފޭބީ ރޮމުން
21 ނޮވެމްބަރު 2018

ލިވަޕޫލް މެޗް ބޯމަތިވެފައި އޮއްވާ ނޭމާއާއި އެމްބާޕޭ އަށް އަނިޔާވެއްޖެ

21 ނޮވެމްބަރު 2018
ލިވަޕޫލް މެޗް ބޯމަތިވެފައި އޮއްވާ ނޭމާއާއި އެމްބާޕޭ އަށް އަނިޔާވެއްޖެ
30 ނޮވެމްބަރު 2017

ބޭލްއަށް އަނެއްކާވެސް އަނިޔާވެއްޖެ، ބިލްބާއޯ މެޗުން ނުފެންނާނެ

30 ނޮވެމްބަރު 2017
ބޭލްއަށް އަނެއްކާވެސް އަނިޔާވެއްޖެ، ބިލްބާއޯ މެޗުން ނުފެންނާނެ
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް