Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަލް ސިޓީގެ ދެ މީހަކު ޕޮޒިޓިވްވުން

ހަލް ސިޓީ އެފްސީން ދެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

ހަލް ސިޓީން ކޮވިޑް-19ށް ޕޮޒިޓިވްވީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 17:47
މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހަލް ސިޓީގެ ކުޅުންތެރިން

މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހަލް ސިޓީގެ ކުޅުންތެރިން

އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވާދަކުރަމުން އަންނަ ހަލް ސިޓީގެ ދެ މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.

އީއެފްއެލް ޗެމްޕިއަންޝިޕުން ވަނީ ލީގުގައި ވާދަކުރާ 24 ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. އެގޮތުން 1،014 މީހަކު ޓެސްޓު ކުރިއިރު، ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެއާއެކު ހަލް ސިޓީން ނެރުނު ބަޔާނެއްގައި ވަނީ އީއެފްއެލް ޗެމްޕިއަންޝިޕުން ޕޮޒިޓިވްވީ އެ ކްލަބުގެ ދެ މީހުން ކަން ހާމަކޮށްފައެވެ. އެ ކަމަކު އެ ކްލަބުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ހަލް ސިޓީގެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވި އެ ކްލަބުގެ ދެ މީހުން ހާލު ރަނގަޅު ކަމަށާއި، އެ މީހުންވެސް ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އެ ދެ މީހުންގެ ހަށިގަނޑުންވެސް އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. އަދި މިހާރު އެ ދެ މީހުން އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އީއެފްއެލް ޗެމްޕިއަންޝިޕުން ދެ މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، އިނގިރޭސި ޕްރިމިއާ ލީގުން މިހާތަނަށް 8 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ޓެސްޓުތައް ކުރިއަށް ގެންދިޔައިރު، ފުރަތަމަ ބުރުގައި 748 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ ބުރުގައި 996 މީހަކު ޓެސްޓު ކުރިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު