Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިންގެ އަތުން 100 ޑޮލަރު ނެގުން

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން 100 ޑޮލަރު ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: މަބްރޫކް

އެ ވާހަކަތަކަކީ އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންގެ އެކުލަވާލި ޑްރާފްޓެއްގައިވާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މެއި 2020 | އަންގާރަ 22:40
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު - 100 ޑޮލަރުގެ މައްސަލައިގައި މަބްރޫކް ވަނީ ކަން އޮތްގޮތް ސާފްކޮށްދެއްވާފައި

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު - 100 ޑޮލަރުގެ މައްސަލައިގައި މަބްރޫކް ވަނީ ކަން އޮތްގޮތް ސާފްކޮށްދެއްވާފައި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން 100 ޑޮލަރު ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ނިއު ނޯރމަލްގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު ވެސް 100 ޑޮލަރު ވިސާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް "ސޭފް ޓުއަރިޒަމް ގައިޑް ލައިން" ޑްރާފްޓްގައި ބުނެފައިވާތީ، އެކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ބޮލަކަށް 100 ޑޮލަރު ނަގަން ނިންމަފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ޓުއަރިޒަމް އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ހުށަހެޅިފައިވާ ލިޔުމަކާއި ގުޅިގެން ދެކެވިފައިވާ ވާހަކަތަކެއް ކަމަސެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަޝްވަރާ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނަށް ވަނީ އެބޭފުޅުންގެ ހިޔާލު ހޯދުމަށް ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ލިޔުމެއް ފޮނުވާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެގްޒިޓް ސްޓްރެޓެޖީއެއް ރޭވެމުންދާ އިރު، އަދި ރާއްޖެ ނިއު ނޯމަލްއަކަށްދާ އިރު، ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކި އިންޑަސްޓްރީތަކުން އެ އިންޑަސްޓްރީތަކުގެ ހޯލްޑަރުންނާއި ވާހަކަ ދެއްކުމަށް އަދި ހިޔާލު ހޯދުމަށް ފޮނުވަމުންދާނެ ކަމަށެވެ. އަދި ސިޔާސަތުތައް ރޭވެމުންދާނީ އެ ހިޔާލުތަކަށް ބިނާކޮށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު