Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭ ވެބްސައިޓް ހެކްކުރި މައްސަލަ

އެޗްޕީއޭ ވެބްސައިޓް ހެކް ކުރި މައްސަލަ ތަހުގީގުކޮށް ފުލުހުންނަށް ވާނީ ހުށަހަޅާފައި: މަލީހު

އެޗްޕީއޭގެ ވެބްސައިޓް ހެކްކުރީ ރާއްޖޭގެ އައިޕީ އެޑްރެހަކުން ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 މެއި 2020 | އާދީއްތަ 08:54
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަން ވާހަކަ ދައްކަވަނީ

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކުރި މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

"އެނޯނިމަސް" ކޮށް ނުވަތަ ގޮތް ނޭނގޭ ބަޔަކު އެޗްޕީއޭ ގެ ވެބްސައިޓު ހެކްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. ވެބްސައިޓު ހެކްކުރުމަށްފަހު ވީޑިއޯއެއް ވަނީ އަޕްލޯޑްކޮށްފަ އެވެ. އޭގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ސަރުކާރަކީ އަމިއްލަ ނިންމުންތަކެއް ނިންމުމުގެ ބާރު އަތުން ދޫވެފައިވާ ސަރުކާރެއް ކަމަށް ތުހުމަތުކުރެ އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ފޮނަދޫ ދާއިރާގެ މެންބަރ މޫސާ ސިރާޖު ދާދިފަހުން އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައިވާތީ އެކަމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައިވަނީ ރާއްޖޭގެ 'އައިޕީ އެޑްރެސް' އަކުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭނުންވާ ތަފުޞީލީ ތަހުޤީޤެއް ކުރުމަށްފަހު އެމައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ ތެރޭގައި އޮތީ ކުޑަ ސެކިޔުރިޓީ ޓީމެއް ކަމަށެވެ. ސެކިޔުރިޓީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މޮނިޓަރިންގ ސްޓެކެއް ހޯދުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން މިހާރު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިހާރު ކުރިޔަށްދަނީ އެ ޕްރޮކިޔުރ ކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގައި ހުރި އިންޓަރނެޓާއި ގުޅުންހުރި ނާޒުކުކަންކަން ފާހަގަކޮށްފައިވާ ކަމަށާއި، އެކަން އެފަރާތްތަކަށް އަންގާފައިވާކަމަށެވެ. އަދި މިފަދަ ކަންކަން ރަނގަޅަށް ކޮންޓްރޯލްކޮށް މޮނިޓަރ ކުރުމުގެ ކަންކަންވެސް އެންސީއައިޓީއާ ގުޅިގެން ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރިކަމުގެ މަޢުލޫމާތު ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެޗްޕީއޭގެ ވެބްސައިޓް ވަނީ އެދުވަހު ޑައުންވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު