Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް މިނިސްޓްރީ ޖޮބް ސެންޓަރ

ވަޒީފާއާ ގުޅޭ 2291 މައްސަލަ ޖޮބް ސެންޓަރަށް ހުށައަޅައިފި

7 މެއި 2020 | ބުރާސްފަތި 10:44

ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ހުށައަޅާފައިވާ 571 މައްސަލައެއް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މެއި 2020 | ބުރާސްފަތި 10:44
ވަޒީފާގެ މައްސަލަތައް ހުށައެޅުމަށް އިކޮނޮމިކް މިނިސްޓްރީގައި ޖޮބް ސެންޓަރ ވަނީ ޤާއިމު ކުރެވިފައި

ވަޒީފާގެ މައްސަލަތައް ހުށައެޅުމަށް އިކޮނޮމިކް މިނިސްޓްރީގައި ޖޮބް ސެންޓަރ ވަނީ ޤާއިމު ކުރެވިފައި

ވަޒީފާއާ ގުޅޭ 2291 މައްސަލަ މިހާތަނަށް ޖޮބް ސެންޓަރަށް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ބުރާސްފަތި ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިހާތަަނަށް 2291 މައްސަލައެއް ޖޮބް ސެންޓަރަށް ހުށައެޅިފައިވާއިރު، އޭގެ ތެރޭގައި ނޯޕޭއާ ގުޅޭ 639 މައްސަލައެއް ހިމެނޭކަމަށެވެ. އޭގެ އިތުރުން، ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ހުށަހަޅާފައިވާ 571 މައްސަލައެއް ހިމެނޭއިރު، މުސާރަ ކުޑަ ކުރިކަމަށް ބުނެ ހުށައަޅާފައިވާ 385 މައްސަލަ ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ، ޖޮބް ސެންޓަރަށް 162 މައްސަލައެއް ހުށައެޅިފައިވާ ކަމަށާއި، އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ ވަޒީފާއަށް އަސަރުކޮށްގެން 280 ޝަކުވާއެއްވެސް ހުށައެޅިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އެހެނިހެން މައްސަލަތައް މަދުން ނަމަވެސް ހުށަހަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި މައްސަލަތައް ބެލުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެރިފިކޭޝަން މަރުޙަލާގައި ކުރިމަތިވާ ދަތިތައް ކަމަށެވެ. އެގޮތުން މާލިއްޔަތު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި މައްސަލަތަކަށް ފިޔަވަޅުއަޅާއިރު، ބައެއްކަހަލަ ލިއެކިއުންތައް އޮންލައިންކޮށް ކަށަވަރު ކުރުމުގައި ދިމާވާ ދަތިތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިސާލެއްގެ ގޮތުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށްބުނެ ހުށައަޅާ ބައެއް މައްސަލަތަކުގައި ވަޒީފާއިން ވަކި ކޮށްފައިވާ ކަމުގެ ލިއުން ބައެއް ފަރާތްތަކަށް ނުލިބޭތީ އިތުރު ގޮތްތަކެއް ހޯދަން ޖެހުމުގެ ސަބަބުން މަސައްކަތްތައް ލަސްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތްތަކަށް ބަދަލު އައިސްފައިވާ ފަރާތްތަކަށް އެ މައްސަލަތައް ރިޕޯޓު ކުރަން ފަސޭހަ ކުރުމުގެ ގޮތުން އެކަމުގެ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ކޯލް ސެންޓަރެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ޖޮބް ސެންޓަރަށް ރިޕޯޓުކުރުމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ، ކޯލްސެންޓަރުގެ ނަންބަރު 1475 އަށް ގުޅުއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް