Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާ ހިލާފަށް މަސައްކަތްކޮށްގެން ލިބޭ އާމްދަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: ގަވާއިދާ ހިލާފަށް މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ މާބޮޑުތަނުން އިތުރު!

6 މެއި 2020 | ބުދަ 09:33

ޤވާއިދާ އެއްގޮތަށް 150،000 ބިދޭސީން، ޤވާއިދާ ޚިލާފަށް 63،000، ޖުމުލަ: 213،000 ބިދޭސީން ރާއްޖޭގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މެއި 2020 | ބުދަ 09:33
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް

ރާއްޖޭގައި ރަސްމީ ލިޔެކިޔުމެއްނެތް (ޤަވާއިދާ ހިލާފަށް) ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، އެކަން އެގޮތަށް މެދުވެރިވާ އެއް ސަބަބަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެ، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުމުން ލިބޭ ޢާމްދަނީ އިތުރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ހާމަ ކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި، ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ފާހަގަކުރެވިގެން އެ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި، ވަޒީފާ ދިން ފަރާތައް ފިލައިގެން ރިޕޯޓުކުރެވޭ ޢަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށާއި، އެކަން އެގޮތަށް ހިނގަނީ ޤަވާއިދާ ޚިލާފަށް މަސައްކަތްކޮށްގެން ލިބޭ ޢާމްދަނީ އިތުރުވުމާ ގުޅިގެންކަން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ކޮމެޓީ ރިޕޯޓުގައި، ރާއްޖޭގެ އާާބާދީގެ ނިޞްބަތަކަށްބަލާއިރު، ބިދޭސީން ރާއްޖޭގައި ގިނަ ޢަދަދަކަށް އުޅެމުންދާތީއާއި ޚާއްޞަކޮށް، ޤަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެކަމުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން، ރަސްމީ ލިޔެކިޔުމެއްނެތް ބިދޭސީ މަސައްކަތްތެރިން ކުދިކުދި ކުށްތަކުން ފެށިގެން ސީރިއަސް އަދި ރޭވިގެން ހިންގާ ކުށްތަކުގައި ޝާމިލުވާކަން ހާމަކޮށްފައި ވެއެވެ. އެގޮތުން، މާރާމާރީ އާއި ވައްކަމާއި، ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި، ސައިބަރ ކްރައިމް އާއި މިނޫންވެސް މިފަދަ ނުރައްކާތެރި ކުށްތައް ކުރުމުގައި މުޖުތަމަޢު ޖެހިލުންވާފަދަ ދަރަޖައަކަށް ގޮސްފައިވާކަން ވެސް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިރިޕޯޓުގައި، އިމިގްރޭޝަނަށް، ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު ކަނޑައެޅިގެން ބުނެދެވިފައިނުވާކަން ހާމަވެފައި ވެއެވެ. އެގޮތުން އިމިގްރޭޝަނުން މިދިއަ އަހަރުގެ ސެޕްޓެންބަރުގެ މަހުގެ ނިޔަލަށް ކޮމެޓީއަށް ދީފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މިރިޕޯޓުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އުޅެމުންދާކަމަށް އަންދާޒާކުރެވޭ ބިދޭސީންގެ ޢަދަދަކީ 179،122 ކަމަށެވެ.

ނަމަވެސް 2019 އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ވަރކް ވިޒާގައި، ޤަވާއިދާ އެއްގޮތަށް ގާތްގަނޑަކަށް 150،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުވާލެއްގެ މައްޗަށް މަސައްކަތް ކުރުމަށްޓަކައި އެވްރެޖްކޮށް، 115 ބިދޭސީން މުޅިން އަލަށް ރާއްޖެ އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި އަންދާޒާ ކުރެވޭގޮތުގައި ރަސްމީ ލިޔެކިޔުންނެތި ރާއްޖޭގައި އެޅެމުންދަނީ ގާތްގަނޑަކަށް 63،000 ބިދޭސީން ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތު ތަކަށްބަލާއިރު، ޤަވާއިދާ އެއްގޮތަށް 150،000 ބިދޭސީން ރާއްޖޭގައި އުޅޭއިރު، ރަސްމީ ލިޔެކިޔުމެއްނެތި 63،000 ބިދޭސީން އުޅޭކަމަށް ލަފާކުރާއިރު، ރާއްޖޭގައި 213،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި އާބާދީގެ ތެރެއިން މިދިއަ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭކަމަށް ބުނެފައިވަނީ 269،562 މީހުންނަށެވެ. އެއީ ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އާބާދީއެވެ. އަދި އަންހެނުންނާއި ފިރިހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކުގައެވެ.

ރާއްޖޭގައި އުޅޭ 213،000 ބިދޭސީންނަކީ މަސައްކަތްތެރިންނެވެ. އޭގެތެރޭގައިވެސް ގިނަވާނީ ޒުވާން ފިރިހެނުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް