Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮވިޑް-19: އެއަރލައިންތަކައް ލިބޭ ގެއްލުން

ވައިގެ ދަތުރުފަތުރު ޢާންމު ޙާލަތަކައް ގެންނަން ތިން އަހަރު ނަގާނެ: ޔޫއޭއީގެ އެއަރލައިންތައް

3 މެއި 2020 | އާދީއްތަ 07:30

ގެއްލުމުން އަރައިގެނެވޭނީ 2023 ވަނަ އަހަރު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 3 މެއި 2020 | އާދީއްތަ 07:30
އެމިރޭޓްސް އެއަރލައިންގެ ފްލައިޓުތަކެއް ދުބާއީ އެއަރޕޯޓުގައި ބަނދަރުކޮށްފައި

އެމިރޭޓްސް އެއަރލައިންގެ ފްލައިޓުތަކެއް ދުބާއީ އެއަރޕޯޓުގައި ބަނދަރުކޮށްފައި | އަލްއަރަބިއްޔާ

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެއަރލައިންތަކައް ލިބުނު ގެއްލުންތަކުން އަރައިގަނެ، ޢާންމު ޙާލަތަކައް ރުޖޫޢަވުމަށް ތިން އަހަރު ނަގާނެކަމަށް މެދުއިރުމަތީގެ މައި ދެ އެއަރލައިނުން ބުނެފިއެވެ.

ޔޫއޭއީގެ ދެ އެއަރލައިންކަމަށްވާ އެމިރޭޓްސް އާއި، އިއްތިހާދު އެއަރވޭސްއިން ބުނެފައިވަނީ، ކޮވިޑް-19 އައުމުގެ ކުރިން ވައިގެ ދަތުރުފަތުރުތަކަށް އޮތް ޑިމާންޑު ހަމަ މަގަށް އެޅެން ތިން އަހަރުދުވަސް ނަގާނެކަމަށެެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި "ޔޫއެސް-ޔޫއޭއީ ބިޒްނަސް ކައުންސިލް" ބައްދަލުވުމުގައި، އެމިރޭޓްސްގެ ރައީސް ޓިމް ކްލަރކް އާއި އިއްތިހާދު އެއަރވޭސްގެ ޗީފް އެގްޒެކެޓިވް ޓޯނީ ޑަގްލަސްއާ ދެ ބޭފުޅުންގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ކޮވިޑް-19 ގެ ސަބަބުން ވައިގެ ސިނާޢަތައް ލިބެމުންދާ ފޫނުބެއްދޭވަރުގެ ގެއްލުންތަކަށެވެ.

ދެ ބޭފުޅުންވެސް އިއްތިފާޤުވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޤައުމުތައް ފުރަބަންދުކޮށް، ވައިގެ ޞަރައްދީ އިން ނުވަތަ އެ ޤައުމުގެ ދޮރާށިތައް އެއަރލައިންތަކައް ބަންދުކުރުމުން އެއަރލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

ދުނިޔޭގެ އެއަރލައިންތަކުގެ ތެރެއިން %85 އެއަރލައިން ދަރަނިވެރިވުމުގެ ނުރައްކަލާއި ވަނީ ކުރިމަތިލާންޖެހިފަ އެވެ. އަދި އެއަރލައިންތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްނުދީިނަމަ އަހަރު ނިމުމުގެ ކުރިން ބަގުރޫޓު ވެދާނެކަމަށް ބިޒްނެސް ކައުންސިލުން ބުނެފައި ވެއެވެ. އަދި އެމިރޭޓްސްއާއި، އިއްތިހާދު އެއަރވޭސްގެ ވެރިން ވިދާޅުވީ، ފަސިންޖަރުންގެ ޑިމާންޑް އެއްކޮށް ގެއްލިފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރާއި ހަމަޔަށް އަންނަ އިރުވެސް ކޮވިޑް-19 ގެ ގެއްލުމުން އަރައިނުގަނެވޭނެކަމަށާއި، ކޮވިޑް-19 ގެ ކުރިން އޮތް ޙާލަތައް ވައިގެ ދަތުރުފަތުރުތައް ރުޖޫޢަ ނުވެވޭނެކަމުގެ އިންޒާރުދެއްވާފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން، ދުނިޔޭގެ ގިނަ އެއަރލައިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ގިނަ އެއަރލައިންތަކުން ވަނީ ކޮވިޑް-19އާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތްނުވާނެކަމަށް ބުނެފަ އެވެ.

އެމިރޭޓްސްއާއި، އިއްތިހާދު އެއަރވޭސްއިން ވެސް ވަނީ ފަސިންޖަރުން އުފުލާ ތާވަލު ފްލައިޓްތައް ހުއްޓާލާ ބޯޓުތައް ބަންދަރުކޮށްފަ އެވެ. މި ދަނޑިވަޅުގައި ދެ އެއަރލައިނުން ވެސް ކުރަނީ ހަމައެކަނި ކާގޯ ފްލައިޓް ދަތުރުތަކާއި، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުގައި ތާށިވެފައިތިބި އެހެން ޤައުމުތަކުގެ މީހުން ޤައުމުތަކައް ގެންދަން ކުރާ ދަތުރުތަކެވެ. މި ދަތުރުތައް ކުރަނީ ޔޫއޭއީ ސަރުކާރުގެ ޚާއްޞަ ހުއްދަައަކާއި އެކުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލިބުނު ވިޔަފާރި ގެއްލުންތަކާއި ގުޅިގެން އެމިރޭޓްސްއާއި އިއްތިހާދު އެއަރވޭސް އިން ވަނީ މުވައްޒަފުންގެ މުސާރަކުޑަކޮށް، ބައި މުސާރައަށާއި، މުސާރަ ނުހިނގާ ގޮތައް ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުންނަށް ޗުއްޓީދީފަ އެވެ.

މިހާރު އޮޕަރޭޝަންތައް ހިންގަނީ ވިހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެންނެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ، ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައި ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސައިދީފަ އެވެ.

އެމިރޭޓްސްއާއި އިއްތިހާދު އެއަރވޭސް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ޔޫއޭއީގެ މައި ސަރުކާރުން ވަނީ މާލީގޮތުން އެހީތެރިވާނެކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެހީދޭނެ ޢަދަދަކާއި، ދޭނެ ދުވަހެއް އަދި އިޢުލާނުކޮށްފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

18 އެޕްރީލު 2019

ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ މިމަހު 25ގައި!

18 އެޕްރީލު 2019
ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ މިމަހު 25ގައި!
20 މާރިޗު 2019

ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް!

20 މާރިޗު 2019
ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް!
04 ފެބުރުއަރީ 2019

ފެލިވަރު ކަރުހާނާގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: މިފްކޯގެ އެމްޑީ

04 ފެބުރުއަރީ 2019
ފެލިވަރު ކަރުހާނާގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: މިފްކޯގެ އެމްޑީ
02 އޮކްޓޯބަރު 2018

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ވަރަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަދިޔާތަކެއް!

02 އޮކްޓޯބަރު 2018
ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ވަރަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަދިޔާތަކެއް!
26 ޖުލައި 2018

މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!

26 ޖުލައި 2018
މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!
12 ޖެނުއަރީ 2018

ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

12 ޖެނުއަރީ 2018
ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި
23 ނޮވެމްބަރު 2017

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

23 ނޮވެމްބަރު 2017
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ
10 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި

10 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި
20 ޖޫން 2017

އޮންބޯޑް.އެމްވީ: ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް

20 ޖޫން 2017
އޮންބޯޑް.އެމްވީ: ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް