Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން

ސައުދީގައި 18 އަހަރުން ދަށުގެ ކުދިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލަނީ

27 އެޕްރީލު 2020 | ހޯމަ 03:45

ކުޑަކުދިންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި ޙުކުމް ކުރާނީ ޖުވެނައިލް ޑިޓެންޝަން ފެސިލިޓީއަކަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 27 އެޕްރީލު 2020 | ހޯމަ 03:45
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު

އުމުރުން 18 އަހަރުނުވާ ކުދިންނަށް މަރުގެ ޙުކުމް އިއްވުން ސައުދީ ސަރުކާރުން ހުއްޓާލައިފިއެވެ.

ސައުދީޢަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން ނިންމާފައިވަނީ އުމުރުން 18 އަހަރު ނުވާ ކުދިން ކުށެއްކޮށްފިނަމަ މަރުގެ އަދަބު ތަންފީޒުނުކުރުމަށެވެ. ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު މިކަން ނިންމެވި ޤަރާރުގައި ވަނީ، ކުށްކުރާ ކުޑަކުދިންނަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ބަދަލުގައި، ޖުވެނައިލް ޑިޓެންޝަން ފެސިލިޓީއަކަށް 10 އަހަރަށްވުރެ ކުރު މުއްދަތަކަށް ޙުކުމް ކުރާ ގޮތަށެވެ. ރަސްގެފާނުގެ މިނިންމެވުމަށް ސައުދީގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މަރުޙަބާ ކިޔާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އައްވާދު އަލައްވާދު ވިދާޅުވީ ކުޑަކުއްޖެގެގޮތުގައި ހުރެ ކުރާ ކުއްތަކައް މަރުގެ ޙުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ރަސްކަމުގެ ދަރުބާރުން ނިންމެވި ނިންމެވުމަކީ ޒަމާނީ ޤާނޫލްއުޤޫބާތަކައް ރުޖޫޢަވުމަށް ލިބިގެންދިޔަ ފަހި ފުރުޞަތެއްކަމަށެވެ.

ސައުދީގައި ކުޑަކުދިންނަށް މަރުގެ ޙުކުމް އިއްވުން ހުއްޓާލާފައި މިވަނީ ޖިނާޢީ ކުށްތަކައް ހައްދު ޖެހުމަށް ޙުކުމް ހުރުން ހުއްޓާލިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އެޤައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ ކޮވިޑް-91 ގެ ދަތިއުދަނގޫ ޙާލަތާއެކުގައިވެސް، މި ދެ ޙުކުމް ތަންފީޒުކުރުން ދާދިއެކުއެކީގައި ހުއްޓާލުމަކީ، އިންސާނީ ޙައްޤުތަކުގެ ދާއިރާ އިޞްލާޙު ކުރުމަށް ސަރުކާރުން އަހައްމިޔައްތުކަންދޭ މިންވަރު ދައްކުވައިދޭކަމެއްކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނުގެ ޒަޢާމަތުގެ ދަށުން ސައުދީގެ އެންމެހައި ރައްޔިތުންނަށާއި، އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް އެކި ދާއިރާތަކުން ދަނީ މައްސަކަތްކުރަމުންނެވެ. އެގޮތުން 2030 އަށް ޢަމާޒުކޮށްފައިވާ ތަޞައްވުރަށް ވާޞިލުވުމަށް ގިނަ ކަންތައްތަކެއް ދަނީ އިޞްލާޙު ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް