Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ސައުދީ އަރަބިއްޔާގެ ހާލަތު

ސައުދީގައި ކާފިއުގެ އަމުރު ލުއިކޮށްފި

26 އެޕްރީލު 2020 | އާދީއްތަ 06:36

އާދިއްތަ ދުވަހުން ފެށިގެން މިހެން މިގޮތަށް ކަންކުރުމަށް ނިންމާފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހާ ހަމައަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އެޕްރީލު 2020 | އާދީއްތަ 06:36
ސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީޢަރަބިއްޔާގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޢުލާނުކުރު ކާފިއުގެ ޢަމުރު އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ލުއިކޮށްފިއެވެ.

ސައުދީރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ކާއިފުގެ ޢަމުރު ލުއިކުރައްވާ ޢާންމުކުރެއްވި ޤަރާރުގައިވަނީ 26 އެޕްރީލް އިން ފެށިގެން މެއިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކާފިއުގެ ޢަމުރު ލުއިކޮށްދެއްވާފައިވާކަމަށެވެ. އެގޮތުން މައްކާ ފިޔަވައި އެހެން ސިޓީތަކުގައި ހެދުނު 9 އިން ފެށީގެން ހަވީރު 5 ޖަހަންދެން ޢާންމުންނަށް ބޭރަށް ނިކުމެ އުޅެވޭނެކަމަށެވެ. މައްކާއާއި ކޮވިޑް-19 އާއި ގުޅިގެން އެއްކޮށް ފުރަބަންދުކުރި ބައެއް ޞަރަޙައްދުތައް ހުޅުވާނުލާގޮތައް ރަސްގެފާނުވަނީ ނިންމަވާފައެވެ.

ރަސްކަމުގެ ދަރުބާރުން މިނިންމެވި ނިންމެވުމުގެ ދަށުން އިޤްތިޞާދީ އަދި ބައެއް ސިނާޢި ޙަރަކާތްތައް އެޕްރީލްމަހުގެ 29 ވަނަ ދުވަހުން ފެށިގެން މޭއިމަހުގެ 13 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށްގެންދެވޭނެއެވެ. އެގޮތުން ހޯލްސޭލް އަދި ރީޓެއިލްކޮށް އެކި ބާވަތްތައް ވިއްކާ ފިހާރަތަކާއި މޯލްތައް މިއަދުން ފެށިގެން ހުޅުވޭނެއެވެ. އެހެންނަމަވެސް ޝޮޕިންގް މޯލްތަކުގައި ހުންނަ ބިއުޓީޕާރލަރތަކާއި، ސެލޫންތަކާއި، ޖިމްތަކާއި ރެސްޓޯރެންޓް ހޮޓާތަކުން ޚިދްމަތް ނުދެވޭނެކަމަށް ޤަރާރުގައިވެއެވެ. ރަސްގެފާނުގެ މި ނިންމެވުމުގެ ދަށުން ބައެއް ކޮންޓްރެންޓިންގް ކޮމްޕެނީތަކާއި ކާރުޚާނާތަކައް ވެސް އެއްވެސް ހުރަހެއް ނެތި އެތަންތަނުގެ ޙަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ.

ސައުދީ ރަސްގެފާނު ކާފިއުގެ ޢަމުރު ލުއިކުރައްވާ ބައެއް އިޤުތިޞާދީ ޙަރަކާތްތައް ހިންގުމަށް ހުއްދަ ދެއްވީ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ރަޢުޔު ހޯއްދެވުމަށްފަހު އޭގެ މައްޗަށް ބިނާކުރައްވާކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ. ރަސްގެފާނުވަނީ ކާފިއުގެ އަމުރު ލުއިކުރައްވާ އިޤުތިޞާދީ އަދި ސިނާޢީ ޙަރަކާތްތައް ކުރިޔަށް ގެންދަން ހުއްދަ ދެއްވި ނަމަވެސް، އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ކަށަވަރުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކައް އަމުކުރައްވާފައެވެ. ވަކިން ޚާއްބަކޮށް ތަންފީޒުކުރަމުންދާ ޞިއްޙީ މިންގަނޑުތަކާއި އެއްގޮތައް ކަންކަން ކުރިޔަށްގެންދޭތޯ ބަލާ ފާސްކުރުމަށް ރަސްގެފާނު ވަނީ އަންގަވާފައެވެ. ވަކިން ޚާއްޞަކޮށް އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓާތޯ ބެލުމަށް ސަލާމަތީ ބާރުތަކައް ވަނީ އަންގަވާފައެވެ. ސައުދީއަރަބިއްޔާގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ކުރިޔަށްގެންދާ އެއްވެސް ޙަރަކާތެއް ނުބެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެތެރޭގައި ކައިވެނި ޙަފުލާތަކާއި، ތަޢުޒިޔާކިޔުމުގެ އެއްވުންތަކާއި، ޕާޓީތައް ބޭއްވުންވަނީ މަނާކޮށްފައެވެ.

ކާފިއުގެ އަމުރު ލުއިކޮށް ހުއްދަދެއްވާފައިވާއިރު، މިހާރު އެޤައުމުގައި ކޮވިޑް-19 އާއި ގުޅިގެން ތަންފީޒުކުރަމުންދާ އުޞޫލުތަކާއި ޚިލާފުވާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކާއި ކާރުޚާނާތައް ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅު އެޅުމަށް ރަސްގެފާނުވަނީ މަދަނީ ފުލުހުންނަށާއި ސަލާމަތީ ބާރުތަކައް އަންގަވާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

އައިސިސްއިން ސައުދީގައި ދޭންއުޅުނު ހަމަލާއެއް ހުއްޓުވައިފި

12 ސެޕްޓެމްބަރު 2017
އައިސިސްއިން ސައުދީގައި ދޭންއުޅުނު ހަމަލާއެއް ހުއްޓުވައިފި
20 ޖުލައި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި

20 ޖުލައި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
17 މެއި 2017

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

17 މެއި 2017
ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
03 އެޕްރީލު 2017

ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި

03 އެޕްރީލު 2017
ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް