Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހުވެސް ޖަލްސާ

ކޭޝް ފްލޯއާ ގުޅޭ މައްސަލަ: ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއެކު ޖަލްސާ ކުރިއަށް ގެންގޮސް، މައްސަލަ ނިންމަނީ!

23 އެޕްރީލު 2020 | ބުރާސްފަތި 13:18

ހޮނިހިރު ދުވަހަކީ ރަމަޞާން މަހުގެ ދެވަނަ ދުވަސް، އެދުވަހު ވެސް މަޖިލިސް އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އެޕްރީލު 2020 | ބުރާސްފަތި 13:18
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މައުލޫމާތުދެއްވުމަށް ވަޑައިގެން

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މައުލޫމާތުދެއްވުމަށް ވަޑައިގެން

ސަރުކާރުގެ ކޭޝްފްލޯ ރަނގަޅުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވާލެއްވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ކޭޝްފްލޯ އިތުރު ކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމައްސަލަ ނިންމާލުމަށް ގަސްތުކުރައްވާ ކަމަށެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހަކީ މިމަހުގެ ފަހު ދުވަހަށް ވާތީ، މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މިމައްސަލަ ނިންމަންޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ކޭޝްފްލޯގެ މައްސަލަ ކުރިއަށް ގެންދިއުމަށް އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ކަމަށެވެ. މިކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިމަހުގެ 29 ނުވަތަ 28 ގެ ނިޔަލަށް ސަރުކާރަށް 800 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ދެ ވަނަ ދުވަހުވެ. އަދި އާދިއްތަ ދުވަހަކީ އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ބޭއްވާ ދުވަހެއްވެސް ނޫނެވެ.

މަޖިލީހުން އާންމު އުސޫލުން ޖަލްސާތައް ބާއްވަނީ، ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެއްގަ އެވެ.

ފިނޭންސް މިނިސްޓަރ އަމީރު ސަރުކާރުގެ ކޭޝްފްލޯއަށް 4.2 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އިގްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ނެވެ. އެގޮތުން 4.2 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއްކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާޢްދާގައި ބުނަނީ، ސަރުކާރުގެ އޯވަރޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީން 1 ޕަސެންޓަށްވުރެ އިތުރު ނުވާނޭގޮތުގެ މަތިން ސަރުކާރަށް އޯވަރޑްރާފްޓް (މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން) ދެވިދާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ސަރުކާރަށް މަރުކަޒީ ބޭންކުން ލިބެން އޮތް އޯވަރޑްރާފްޓްގެ އަދަދަކީ 219 މިލިއަން ރުފިޔާ އެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ ޖުމްލަ އާމްދަނީގެ އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީ 1 ޕަސެންޓް މިންވަރަކީ 219 މިލިއަން ރުފިޔާ ކަމަށްވާތީ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް