Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޑިކަލް ސްޓޫޑެންޓުން

ގިނަ އަދަދެއްގެ މެޑިކަލް ސްޓޫޑެންޓުން އަމަލީ މައިދާނަށް ނުކުމެއްޖެ

78 ދަރިވަރުން ވަނީ ކަރަންޓީންގެ މުއްދަތު ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2020 | އަންގާރަ 16:05
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ރާއްޖެއިން ބޭރުގައި ކިޔަވަމުންދިޔަ ދިވެހި މެޑިކަލް ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އަމަލީ މައިދާނުގައި މަސައްކަތް ކުރަން ފަށައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރުން އައި މެޑިކަލް ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އަމަލީ މައިދާނުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓީން ފެސިލިޓީތަކުން ކަރަންޓީން ނިންމުމަށްފަހު 78 މެޑިކަލް ސްޓޫޑެންޓުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އައިޖީއެމްއެޗްގައި އަދި މެޑިކަލް ކްލަސްޓާގެ އެންއީއޯސީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ބޭނުންވާ ތަމްރީނުތައް ދެމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ނޭޕާލް އަދި ބަންގުލަދޭޝްގައި ތިބި މެޑިކަލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ވަނީ މި ހަފުތާގެ ތެރޭގައި ރާއްޖެ އަނބުރާ އައިސްފަ އެވެ. އަދި މީގެ ތެރެއިން 46 ދަރިވަރަކު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެބަތިބި ކަމަށާއި، އެ ދަރިވަރުންގެ ވެސް ކަރަންޓީންގެ މުއްދަތު ނިންމުމަށްފަހު މަސައްކަތަށް ނުކުންނަވާނެ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެންއީއޯސީން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ތިބީ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުންނާއި 7 ނަރުހުން ކަމަށެވެ. މީގެ އިތުރުން ބަންގުލަދޭޝުން ވަނީ އެ ގައުމުގެ 10 މީހުން ހިމެނޭ މެޑިކަލް ޓީމެއް ރާއްޖެ ފޮނުވާފަ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު