Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުއްދަ ނަގައިގެން ވިޔަފާރި ކުރެވޭނެ ގަޑި ހަމަޖެއްސ

ޒަރޫރީ ބޭނުންތަކަށް ހެނދުނު 9ން ދަންވަރު 12ށް ފިހާރަތަށް ހުޅުވަނީ

ފިހާރައަށް ދެވޭނީ ފުލުހުންގެ "ގްރޮސެރީ ޝޮޕިން" އަށް ހުއްދަ ދެވޭ ފަރާތްތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2020 | އަންގާރަ 08:32
މާލޭގެ ފިހާރައެއްގެ ތެރޭގައި މީހުން ކިއުޖެހިގެން؛ ފިހާރައަށް އެންމެ ގިނައިން ވަދެވޭނެ އަދި ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު އިކޮނަމިކް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވޭ

މާލޭގެ ފިހާރައެއްގެ ތެރޭގައި މީހުން ކިއުޖެހިގެން؛ ފިހާރައަށް އެންމެ ގިނައިން ވަދެވޭނެ އަދި ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު އިކޮނަމިކް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވޭ

ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ހެނދުނު 9:00ން ދަންވަރު 12:00ށް ފިހާރަތަށް ހުޅުވުމަށް ނިންމާ ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު އާންމުކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނެފައިވަނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް ކަސްޓަމަރުން ގޮސް، ޚިދުމަތް ހޯދުމަށް، ބުދަ ދުވަސް (މާދަމާ) އިން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 09:00ން ދަންވަރު 00:00 އާ ދެމެދުގައިކަމަށެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިކޮނަމިކް މިނިސްޓްރީން ވަނީ ފުލުހުން ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކާއި، ފިހާރަތަކުން ތަކެތި ގަންނަ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަމާއި، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތައް ވެސް އާންމުކޮށްފައެވެ.

- އޮންލައިންކޮށް ތަކެތި ގަނެވޭނަމަ، އެގޮތް އިޚްތިޔާރުކުރުން.

- މުދާ ވިއްކާ ފިހާރައަކީ ދުރާލާ ގުޅައިގެން އޯޑަރުދެވޭ އިންތިޒާމް ހަމަޖެހިފައިވާ ފިހާރައެއްނަމަ، ދުރާލާ ގުޅައިގެން އޯޑަރު ދިނުމަށްފަހު ފިހާރައަށް ދިޔުން.

- ފިހާރަތަކުން މުދާ ގަތުމަށް ހުއްދަ ލިބިފައި ވީނަމަވެސް، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް ސަމާލުކަންދިނުން.

- ބަލިވެ އުޅޭނަމަ ނުވަތަ ބައްޔެއްގެ ޢަލާމާތް ހުރި ފަރާތްތަކުން ފިހާރަތަކަށްނުދިޔުން.

- އެއްގޮތަކަށްވެސް ކުޑަކުދިން ފިހާރަތަކަށް ނުގެންދިޔުން.

- ގެއިން ނުކުތުމުގެ ކުރިން، ގަންނަންޖެހޭ ތަކެތީގެ ލިސްޓެއް ދުރާލާ އެކުލަވާލުން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކޮށްފައިވާ ގްރޯސަރީ ޝޮޕިންގ ގެ ޕަރމިޓް ނަންބަރު އެލިސްޓުގެ ކަނާތް ފަރާތު މަތީ އަރިމަތީގައި ލިޔުމަށް ސަމާލުކަންދިނުން.

މަގުމައްޗަށް ނުކުމެ އުޅޭއިރު، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން.

- ފިހާރަ ބޭރުގައި ކިއު ހަދަންޖެހިއްޖެނަމަ، މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓުން.

- ތަކެތި ގަތުމުގައި ބާސްކެޓް ނުވަތަ ޓްރޮލީ ބޭނުންކުރާނަމަ، އެތަކެތި ހުރީ ޑިސްއިންފެކްޓް ކޮށްފައިތޯ ކަށަވަރުކުރުން.

- ފިހާރައަށް ދާން ނުކުންނަންވާނީ ސައިބޯނި ލައިގެން އޮތްދޮވެގެން. އަދި އިޚްތިޔާރުކުރަނީ ސެނިޓައިޒްކުރަންނަމަ، އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން.

- ފިހާރަތެރޭގައި ހުންނަ ތަންތަނުގައި ނުވަތަ ސަރފެސްތަކުގައި އަތްނުލުމަށް ސަމާލުކަންދިނުން.

- ގަންނަން ބޭނުންވާ މުދަލުގައި އެކަނި އަތްލުމަށް ސަމާލުކަންދިނުން.

- ފިހާރަތެރޭގައި މީހުންނާ މުޢާމަލާތްކުރުމަށް މަޑުނުކުރުން.

- ފިހާރަތަކުން ގަންނަ މުދަލަށް ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ޚިޔާރުކުރުން.

- ފިހާރައިން ނުކުމެ، ސެނިޓައިޒަރ ބޭނުންކޮށްގެން ދެއަތްތިލަ ސެނިޓައިޒްކުރުން އަދި ސެނިޓައިޒްކުރުމުގައި އަމިއްލަ ސެނިޓައިޒަރ ޚިޔާރުކުރުން.

- ބަލީގެ އަލާމާތެއް ހުރި އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނެރެގެންނުވާނެ.

- ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި ހުންނަންވާނީ މާސްކު އަޅައި އަންގިލައްވައިގެން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދޭންވާނެ.

- ފިހާރައަށް ކަސްޓަމަރުން ދިޔުމުގެ ކުރިން، ފޯނުން ގުޅައިގެން އޯޑަރ ދެވޭނެ ނިޒާމެއް ޤާއިމްކުރެވޭނަމަ، އެނިޒާމް ޤާއިމްކޮށްގެން ޚިދުމަތް ދިނުމަށް އިޚްތިޔާރުކުރުން.

- ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުމަށް ސަމާލުކަން ދިނުން.

- ފިހާރައަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ކަސްޓަމަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ގްރޯސަރީ ޝޮޕިންގ ޕަރމިޓް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރުން. އަދި ޚިދުމަތް ހޯދާ ކަސްޓަމަރަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްޞީލު ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގައި އެފިހާރައަކުން ރެކޯޑްކޮށް، ބެލެހެއްޓުން.

- ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން. އަދި އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބެހެއްޓުން.

- ނިސްބަތުން ކުދި ފިހާރަ (ކަންމަތީ ފިހާރަ) ތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރުން. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖެއްސުން.

- ނިސްބަތުން ބޮޑެތި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގިނަ ކަސްޓަމަރުން އެއްފަހަރާ ފިހާރައިގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި މަދުމަދުން ކަސްޓަމަރުން ވެއްދުމަށް އިޚްތިޔާރުކުރުން. އަދި މިގޮތުން އިޚްތިޔާރުކުރުމުގައި އެއްފަހަރާ އެކުގައި ވަދެ އުޅޭ ކަސްޓަމަރުންނަށް މަދުވެގެން 1 މީޓަރުގެ ގައިދުރުކުރުން ބެހެއްޓޭނެ ފަދަޔަކުން ކަސްޓަމަރުން ވެއްދުމަށް އިންތިޒާމްތައް ހަމަޖެއްސުން.

- ކޮންމެ ދުވަހެއްގެވެސް ވިޔަފާރި ވަގުތު ނިމުމުން، ފިހާރައިގެ ތަޅުންގަނޑާއި ކަސްޓަމަރުންގެ އަތްޖެހޭ ސަރފަސްތައް ރަނގަޅަށް ޑިޓޯލް ނުވަތަ ސައިބޯނި ފެނުން ޑިސްއިންފެކްޓްކުރުން.

- ތަކެތި ގަތުމަށްފަހު ލަސްނުކޮށް ފިހާރައިން ނުކުމެގެން ގެޔަށްދިޔުން. އަދި ގެއަށްދާ މަގުމަތީގައި ތަންތަނުގައި އަތްނުލައި މަދުވެގެން 1 މީޓަރުގެ ގައިދުރުކަން ބަހައްޓަން ސަމާލުކަންދިނުން.

- ތަކެތި ގަނެދިނީ ކަމާބެހޭ ފަރާތުން ދޫކޮށްފައިވާ ހުއްދައިގައި ހިމެނޭ ސަރަޙައްދުގައިވާ އެހެން ގޭބިސީއަކަށްނަމަ، އެތަކެތި ގެންގޮސް ޙަވާލުކުރުމުގައި، އެމީހެއް ދިރިއުޅޭ ތަނެއްގެ ދޮރު ކައިރީ ގެންގޮސް ތަކެތި ބެހެއްޓުން.

- ފިހާރައިން ގެނައި ކޮތަޅުން ތަކެތި ނެގުމަށްފަހު، ކޮތަޅު ޑަސްބިނަށްލުމަށް ސަމާލުކަންދިނުން.

- ސައިބޯނި ލައިގެން އަތް ދޮންނަށް ޚާއްޞަ ސަމާލުކަމެއްދިނުން އަދި ސާފުތާހިރުވުން.

- ފިހާރައިން ގަތް ތަކެތީގެ ބޭރު ރަނގަޅަށް ސާފުކުރުމަށްފަހު ފްރިޖްގަޔާއި އެހެނިހެން ތަންތަނުގައި ބެހެއްޓުމަށް ސަމާލުކަންދިނުން.

އިކޮނަމިކް މިނިސްޓްރީން ބުނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކުގައި ވިޔަފާރިކުރާއިރު، ފިހާރައާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމަސްކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
މިނިވަން ޖުޑިޝަރީއެއްގައި ކޯޓްތަކުން ދަންވަރު ހުކުމް ނެރެން ޖެހޭނެ: ޕީޕީއެމް

މިނިވަން ޖުޑިޝަރީއެއްގައި ކޯޓްތަކުން ދަންވަރު ހުކުމް ނެރެން ޖެހޭނެ: ޕީޕީއެމް

13 ސެޕްޓެމްބަރު 2017
ދަންވަރުގެ ވަގުތުގައި ބަންޑާރަ ނައިބާއި، ސަރުކާރުގެ ބޭފުޅުން ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން: ގުޅިފައިވާ ޕާޓީތައް

ދަންވަރުގެ ވަގުތުގައި ބަންޑާރަ ނައިބާއި، ސަރުކާރުގެ ބޭފުޅުން ސުޕްރީމް ކޯޓަށް ވަދެވަޑައިގަތުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން: ގުޅިފައިވާ ޕާޓީތައް

26 އޯގަސްޓު 2017
ދަންވަރު ފަނޑިޔާރުންނާ ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް: ސުއޫދު

ދަންވަރު ފަނޑިޔާރުންނާ ބައްދަލު ކުރުމަކީ ޑިކްޓޭޓަރޝިޕެއްގައި އާދައިގެ ކަމެއް: ސުއޫދު

26 އޯގަސްޓު 2017
ހެނދުނުން ފެށިގެން ޅައިމަގު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައި!

ހެނދުނުން ފެށިގެން ޅައިމަގު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައި!

13 އޯގަސްޓު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު