Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލްގެ ދަށް ކްލަބުތަކަށް އެހީވުން

ޕޯޗުގަލް ގައުމީ ޓީމުގެ ބޯނަސް ކުދި ކްލަބުތަކަށް ހަދިޔާކުރަން ނިންމައިފި

ޕޯޗުގަލްގެ ކުދި ކްލަބްތަކުގެ މެދުގައި ބާއްވާ މުބާރާތްތައް މިދިޔަ ހަފްތާގައި ވަނީ އެއްކޮށް ކެންސަލްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އެޕްރީލު 2020 | އަންގާރަ 10:22
ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުން ޕޯޗުގަލް ގައުމީ ޓީމަށް ދޭން ހަމަޖެއްސި ބޯނަސް، އެ ގައުމުގެ ދަށް ޑިވިޝަންތަކުގެ ފުޓްބޯޅަ ކްލަބްތަކަށް ހަދިޔާކުރަން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޕޯޗުގަލްގެ ކުދި ކްލަބްތަކުގެ މެދުގައި ބާއްވާ މުބާރާތްތައް މިދިޔަ ހަފްތާގައި އެއްކޮށް ކެންސަލްކޮށްފައި ވާއިރު، އެ ކްލަބުތަކަށް ވަނީ މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އެހެންކަމުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޕޯޗުގަލް ގައުމީ ޓީމުގެ އިސްނެގުމާއެކު ޕޯޗުގީސް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ގައުމީ ޓީމުގެ ބޯނަސް ހިމަނައިގެން ކުދި ކްލަބުތަކަށް އެހީވާން ހާއްސަ ފަންޑެއް އުފައްދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔޫރޯއަށް ކޮލިފައިވުމުން ޕޯޗުގަލް ޓީމަށް ދޭން ޖެހޭ ބޯނަހުގެ ޖުމްލަ 5.1 މިލިއަން ޑޮލަރަށް އަރަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ޔޫރަޕްގެ ގިނަ ލީގުތަކެއްގެ ކުޅުން ވަނީ މެދ ކަނޑާލާފައެވެ. މިވަގުތު ޔޫރަޕްގައި ކުރިއަށްދާ ހަމައެކަނި ފުޓްބޯޅަ ލީގަކީ ބެލަރޫސިއަން ޕްރިމިއާ ލީގެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ސީޒަން ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ޕޯޗުގީސް ފުޓްބޯލް ފެޑެރޭޝަނުން އަންނަނީ އަންނަ މެއި މަހު ފަހުކޮޅުގައި މެޗުތައް އަލުން ފަށަން މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އަށް ޕޯޗުގަލް އިން 16،900 އަށް ވުރެން ގިނަ މީހުން މިހާރު ޕޮޒިޓިވްވެފައިވާއިރު، މި ވައިރަސް ޖެހިގެން އެ ގައުމުން 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު