Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުުރު ކޮރެއާއިން މިސައިލެއް އުދުއްސާލުން

އުތުރު ކޮރެއާއިން ކްރޫސް މިސައިލްތަކެއް އުދުއްސާލައިފި: ދެކުނު ކޮރެއާ

14 އެޕްރީލު 2020 | އަންގާރަ 08:59

އުތުުރު ކޮރެއާގެ އަސްކަރީ ޙަރަކާތްތައް ގާތުން ބަލަމުންދާނެކަމަށް ދެކުނު ކޮރެއާއިން ބުނޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 14 އެޕްރީލު 2020 | އަންގާރަ 08:59
އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރި ވީޑިއޯ މަންޒަރުތަކެއް ބަލަނީ (ފައިލް ފޮޓޯ)

އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރި ވީޑިއޯ މަންޒަރުތަކެއް ބަލަނީ (ފައިލް ފޮޓޯ)

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ޞަރަޙައްދަށް ނުވަތަ "އީސްޓް ސީ" އަށް ކްރޫސް މިސައިލްތަކެއް ފޮނުވާލާފައިވާކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި، ޖޮއިންޓް ޗީފް އޮފް ސްޓާފް ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން ކުރު ރާސްތާ ކްރޫސް މިސައިލްތަކެއް ފޮނުވާލާފައިވަނީ އެޤައުމުގެ އިރުމަތީ "މުންޝޯން ބޭސް" އިން ކަމަށެވެ. ދެނުކު ކޮރެއާ އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާއާއި ގުޅިގެން، އުތުރު ކޮރެއާގެ އަސްކަރީ ޙަރަކާތްތައް ގާތުން ބަލަމުންދާ ކަމަށާއި އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ނުރައްކާ ކުރުމުގެ ފުރުޞަތު އުތުރުކޮރެއާއަށް ނުދޭނެކަމަށެވެ. ދެކުނު ކޮރެއާގެ އިތުރުން އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކުންވެސް ދަނީ އަބަދުވެސް އުތުރު ކޮރެއާއަށް ފާރަލަމުންނެވެ.

ދެކުނު ކޮރެއާއިން، އުތުރު ކޮރެއާއިން ކުރު ރާސްތާ ކްރޫސް މިސައިލްތަކެއް އުދުއްސާލިކަމަށް ބުނި ނަމަވެސް، މިކަމާއި ގުޅޭގޮތުން އަދި އުތުރު ކޮރެއާއިން އެއްޗެއް ބުނެފައެއް ނުވެއެވެ. އެޤައުމުން މަޑުމަޑުން މަސައްކަތް ކުރަމުންދަނީ އަސްކަރީ ގޮތުން ބާރުވެރިވެ، ޖައްވުން ބޭރަށް އެޤައުމުގެ އުޅަނދެއް ފޮނުވުމުގެ މަސައްކަތެވެ. އުތުރު ކޮރެއާއިން ދޭތެރެ ދޭތެރެއިން ބެލިސްޓިކް މިސައިލްތައް ޓެސްޓްކުރެއެވެ. އެހެންނަމަވެސް އަދިވެސް އެޤައުމުން ބޭނުންވާ އަމާޒަކަށް ވާޞިލެއް ނުވެވެއެވެ. އެހެން ޤައުމުތަކުގެ އުދަނގުލާހުރެ އެޤައުމުން ބޭނުންވާ މި ބާވަތުގެ ކަންކަން ކުރިޔަށް ގެންދަންވަނީ ދަތިވެފައެވެ. ބައެއް ފަހަރު އެހެން ޤައުމުތަކުގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ އެޤައުމުން ބޭނުންވާ ކަމެއް ދަނީ ކުރަމުންނެވެ.

އުތުރު ކޮރެއާއިން ދުނިޔެއަށް، އަދި ޞަރަޙައްދުގެ ޤައުމުތަކަށް ނުރައްކާވާ ފަދަ ނިއުކްލިއަރ ޕްރޮގުރާމުތައް ކުރިޔަށް ގެންދާތީ އދގެ ސަލާމަތީ މަޖިލީހުން ތަކުރާރުކޮށް އެޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެއެވެ. މީގެއިތުރުން މަނާ ހަތިޔާރު އީޖާދުކުރުމާއި ގުޅޭގޮތުންވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެއެވެ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް