Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯއަށް ބިޑްކުރަން ރެއާލުން ތައްޔާރުވަނީ

ރޮނާލްޑޯ ވަނީ ރެއާލަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓު ކައިރީގައި ބުނެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 އެޕްރީލު 2020 | ހުކުރު 08:03
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ރޮނާލްޑޯ އަށް ބިިޑް ކުރުމަށް ރެއާލުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯއަށް ބިޑް ކުރުމަށް ރެއާލުން ތައްޔާރުވަމުން އަންނައިރު، ރެއާލަށް އަލުން އަނބުރާ ރޮނާލްޑޯ ގެންދިޔުމަށް އެޓީމުން ކުރާނީ 60 މިލިއަން ޔޫރޯގެ ބިޑެކެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔުވެންޓަސްގެ މާލީ ހާލަތު ދަށްވާނެ ކަމަށް ބެލެވޭއިރު، އެޓީމުން އަންނަ ސީޒަނުގައި މުހިންމު ބައެއް ކުޅުންތެރިން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ރޮނާލްޑޯ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަލުން އެނބުރި ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ކައިރީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ސީޒަންގެ ކުރީ ކޮޅު ރޮނާލްޑޯ އާއި ޔުވެންޓަސްގެ ކޯޗު ސާރީއާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުޅުނުކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެކަމަކު ސާރީ ވަނީ ފަހުން ރޮނާލްޑޯއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ރެއާލަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ރޮނާލްޑޯ ވަނީ ރެއާލްގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ބަލަން ސްޕެއިނަށް ގޮސްފައެވެ. އަދި އެ މެޗުގެ ހާފް ޓައިމްގައި ރޮނާލްޑޯ ވަނީ ރެއާލްގެ ކުޅުންތެރިންނާއި ބައްދަލުކޮށްފައެވެ.

2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ރެއާލް އާއެކު ހޭދަކުރި 9 ސީޒަނުގައި ރޮނާލްޑޯ ވަނީ އެޓީމަށް ކުޅެދިން 292 މެޗުން 311 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި ޔުވެންޓަސްއަށް ބަދަލުވެ މިހާތަނަށް ޔުވެންޓަސް އަށް އޭނާ ކުޅެދިން 53 މެޗުން ވަނީ 42 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ރޮނާލްޑޯ އަކީ ރެއާލަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް

23 އޮކްޓޯބަރު 2017
މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް
08 ސެޕްޓެމްބަރު 2017

2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ

08 ސެޕްޓެމްބަރު 2017
2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ
17 އޯގަސްޓު 2017

ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި

17 އޯގަސްޓު 2017
ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި
15 އޯގަސްޓު 2017

ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން

15 އޯގަސްޓު 2017
ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު