Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ބެލްޖިއަމް ލީގު ކެންސަލްކޮށް ބްރޫޖަށް ތަށި ދެނީ

ލީގުގެ އެއްވަނައިގައި ބްރޫޖް އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އެޕްރީލު 2020 | ހުކުރު 11:46
ކްލަބު ބްރޫޖުގެ ކުޅުންތެރިން

ކްލަބު ބްރޫޖުގެ ކުޅުންތެރިން

މެދުކަނޑާލާފައި އޮތް ބެލްޖިއަމް ޕްރޯ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު، ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބެލްޖިއަމް ޕްރޯ ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ އެއްވަނައިގައި ބްރޫޖް އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީގު ހުއްޓާލިއިރު، ފުރަތަމަ ބުރުގެ ބާކީ އޮތީ އެންމެ މެޗެކެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭއިރު، ދެވަނަ ބުރަށް ދަތުރުކުރާނީ ގަދަ 6 ޓީމެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބެލްޖިއަމް ފުޓްބޯޅަ ލީގުގެ ބޯޑުން ވަނީ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު، ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން ނިންމާ، އެ ހުށަހެޅުން ޖެނެރަލް އެސެމްބްލީ އަށް ހުށަހަޅާފަ އެވެ. އަދި އެކަން ރަސްމީ ސިފައެއްގައި މި ނިންމުން އިއުލާންކުރާނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރަސްމީ ނިންމުން ނިންމާއިރު، ޔޫރަޕްގެ މަގާމުތަކަށް ހޮވޭ ޓީމުތަކާއި ރެލިގޭޓްވާ ޓީމުތައް ކަނޑައެޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބެލްޖިއަމް ޕްރޯ ލީގު ކެންސަލް ކުރަން ނިންމި ކަމަށް ރިޕޯޓުތައް ބުނިއިރު، ދާދި ފަހުން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ވަނީ އެއްވެސް ގައުމެއްގެ ފުޓްބޯޅަ ސީޒަން ކެންސަލް ނުކުރަން އެދިފައެވެ. އެހެންކަމުން ޔުއެފާގެ ލަފައެއް ނެތި ބެލްޖިއަމް ލީގު ކެންސަލްކޮށްފި ނަމަ، އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުން އެ ލީގުގެ ޓީމުތަކަށް ފުރުސަތު ނުދިނުމުގެ ބިރު އެބައޮތެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗް ލީގެވެ. އަދި ޔުއެފާ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުވެސް ފަސްކޮށްފައެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު