Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ސައުދީއަަރަބިއްޔާގެ ޖިއްދާ ލޮކްޑައުންކޮށްފި

30 މާރިޗު 2020 | ހޯމަ 03:06

ޖިއްދާއަކީ ސައުދީން "ލޮކްޑައުން" ކުރި ހަތަރު ވަނަ ސިޓީ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 30 މާރިޗު 2020 | ހޯމަ 03:06
ސައުދީ އަރައްބިއްޔާޣެ ޖިއްދާ ސިޓީ

ސައުދީ އަރައްބިއްޔާޣެ ޖިއްދާ ސިޓީ

ސައުދީއަރަބިއްޔާގެ ޖިއްދާ ސިޓީ ލޮކްޑައުންކޮށްފިއެވެ.

ސައުދީއަރަބިއްޔާގެ ދާޚިލީ ވުޒާރާއާއި ޙަވާލާދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، އިއްޔެ ޖިއްދާގައި "ލޮކްޑައުން"ގެ ޙާލަތު އިޢުލާނުކޮށްފައިވާކަމަށެވެ. ޖިއްދާއަށް ސައުދީ އަރައްބިއްޔާގެ އެހެނިހެން ސިޓީތަކުގެ ފަރުދުން އަރާފޭބުން މަނާކުރުން އިޢުލާނުކުރުމާއެކުވެސް، ކުރިން އަމަލުކުރަމުން އައި ކަރފިއުގެ އަމުރުވެސް ހިނގާނެކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. ކަރފިއުގެ އަމުރު ކުރިން ފަށަނީ ރޭނގަނޑި 07:00 އިން ނަމަވެސް "ލޮކްޑައުން" އިޢުލާނުރުމާއެކު ކަރިފިއުގެ ގަނޑިވަނީ ހަވީރު 04:00 އަށް ބަދަލުކޮށްފައެވެ.

ސައުދީ އަރަބިއްޔާގައި ނޮވެލް ކޮރޯނާވައިރަސް ( ކޮވިޑް-19) ފެތުރުން ހުއްޓުވުމަށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން މީގެ ކުރިން ރަސްގެފާނު ސަލްމާނު އަބްދުލް އަޒީޒުވަނީ، ވެރިރަށް ރިޔާދާއި، މައްކާއާއި، މަދީނާއަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި މީގެ އިތުރުންވެސް ސައުދީ އަރަބިއްޔާގެ 13 ޞަރަޙައްދެއް، އެއް ޞަރަޙައްދުން އަނެއް ޞަރަޙައްދަށް ދަތުރު ނުކުރުމަށްވެސް ސަލްމާނު ރަސްގެފާނު ވަނީ ރަސްކަމުގެ ޚާއްޞަ އަމުރެއް ނެރުއްވާފައެވެ.

ރަސްކަމުގެ ދަރުބާރުން ކުރިން އަމަލުކުރަމުން އައި ކަރފިއުގެ އަމުރުގވެސް އިއްޔެވަނީ މުރާޖައާކުރައްވާފައެވެ. އެގޮތުން އެޤައުމުގެ ހުރިހައި ސިޓީއެއްގައި އިއްޔެއިން ފެށިގެން ހަވީރު 03:00 ގެ ފަހުން ތަންފީޒުކުރަމުންދާނީ ރަސްގެފާނުގެ ކާރފިއުގެ އަމުރެވެ. ކަރފިއުގެ އަމުރުގެ ދަށުން، ސަލާމަތީ ބާރުތަކާއި، އަސްކަރީންނާއި މީޑިއާ ފިޔަވައި އެއްވެސް ފަރާތަކައް އާންމު ތަންތަނުގައި އެއްވެ ނުވަތަ ހެލެިފެލިވެ ނޫޅެވޭނެއެވެ. އެގޮތުން ޕާކުތަކާއި، ރެސްޓޯރެންޓް، ކެފޭ، ސިނަމާތައް ބަންދުވާނެއެވެ. އެހެންނަމަވެސް، ކެފޭ ސިނަމާތަކުން ފްރީޑެލިވަރީއާއި ޓޭކްއެވޭގެ ޚިދުމަތް ދިނުން ހުއްޓައެއް ނުލައެވެ. ސައުދީ ސަރުކާރުން މިހާރުވަނީ ސަރުކާރާއި، އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރުންވެސް ހުއްޓުމަކަށްގެނެސް، އާންމު ޚިދުމަތްތައްވެސް ހުއްޓާލާފައެވެ. މީގެއިން ޞިއްޙީ ފަރުވާއާއި، ސަލާމަތީ ބާރުތަކާއި، އަސްކަރީ ޚިދުމަތްތައް އިސްތިޘްނާވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 މާރިޗު 2024

‎‏ދުނިޔޭގެ ފުރަތަމަ ތުރީޑީ ޕްރިންޓް މިސްކިތް ޖިއްދާގައި ހުޅުވައިފި‏‎

11 މާރިޗު 2024
‎‏ދުނިޔޭގެ ފުރަތަމަ ތުރީޑީ ޕްރިންޓް މިސްކިތް ޖިއްދާގައި ހުޅުވައިފި‏‎
09 ޖޫން 2023

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

09 ޖޫން 2023
ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
27 ޖޫން 2021

ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެ ސިޑްނީ ލޮކްޑައުންކޮށްފި

27 ޖޫން 2021
ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެ ސިޑްނީ ލޮކްޑައުންކޮށްފި
12 ޖެނުއަރީ 2021

ކޮވިޑްގެ ދެ ވަނަ ރާޅާއެކު ޗައިނާއިން އިތުރު ސިޓީއެއް ލޮކްޑައުންކޮށްފި

12 ޖެނުއަރީ 2021
ކޮވިޑްގެ ދެ ވަނަ ރާޅާއެކު ޗައިނާއިން އިތުރު ސިޓީއެއް ލޮކްޑައުންކޮށްފި
15 ނޮވެމްބަރު 2020

ދެވަނަ ފަހަރަށް އޮސްޓްރިއާ ލޮކްޑައުންކޮށްފި

15 ނޮވެމްބަރު 2020
ދެވަނަ ފަހަރަށް އޮސްޓްރިއާ ލޮކްޑައުންކޮށްފި
16 ސެޕްޓެމްބަރު 2020

ކޮވިޑްގެ ކޭސްތަކެއް ފެނުމާއެކު ޗައިނާގެ ސިޓީއެއް ލޮކްޑައުންކޮށްފި

16 ސެޕްޓެމްބަރު 2020
ކޮވިޑްގެ ކޭސްތަކެއް ފެނުމާއެކު ޗައިނާގެ ސިޓީއެއް ލޮކްޑައުންކޮށްފި
07 އޯގަސްޓު 2020

ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

07 އޯގަސްޓު 2020
ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
25 މާރިޗު 2020

މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުންކޮށްފި

25 މާރިޗު 2020
މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުންކޮށްފި
24 މާރިޗު 2020

މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި

24 މާރިޗު 2020
މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި
07 އޮކްޓޯބަރު 2017

ޖިއްދާގެ ގަނޑުވަރަށް ދިން ހަމަލާގައި ދެ ގާޑުން މަރުވެ، ތިން މީހުން ޒަޚަމްވި: ސައުދީ

07 އޮކްޓޯބަރު 2017
ޖިއްދާގެ ގަނޑުވަރަށް ދިން ހަމަލާގައި ދެ ގާޑުން މަރުވެ، ތިން މީހުން ޒަޚަމްވި: ސައުދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް