Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

އާޓެޓާގެ ބަލި އަންނަނީ ރަނގަޅުވަމުން: އާސެނަލް

އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް | 20 މާރިޗު 2020 | ހުކުރު 07:33
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

ދުނިޔޭގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ބަލިހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އާސެނަލުން ބުނެފިއެވެ.

އާސެނަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާޓެޓާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި، އާޓެޓާ އަންނަނީ ބަރާބަރަށް ކްލަބުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި އިސްވެރިންނާއި ގުޅައިގެން ކްލަބުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާތައް ކުރަމުން ކަމަށެވެ.

އުމުރުން 37 އަހަރުގެ އާޓެޓާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ބެލެވޭ ގޮތުގައި އާޓެޓާއަށް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނީ މީގެ ތިން ހަފްތާ ކުރިން ޔޫރޮޕާ ލީގުގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. އޭރު އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ގައިން މިބަލީގެ އަލާމަތް ފެންނަން ފަށާފައިވާއިރު އޭނާ ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އާސެނަލްގެ ކުޅުންތެރިންނާއި ކޯޗުންނާއި އަދި އޮފިޝަލުން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާޓެޓާގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމާތެއް މިހާރު ނުފެންނާތީ ހެދި ފުރަތަމަ ޓެސްޓުން ދެއްކީ އޭނާ މިބައްޔަށް ނެގަޓިވް ކަމަށެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ލަފާދޭ މިންގަނޑަށް ފައްތައިގެން ބަލިން ރަނގަޅުވާ މީހުންގެ ކަންތައްތައް ކުރިއަށްގެންދާން އިތުރު ޓެސްޓްތަކެއް ހަދާނެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އޭޕްރީލް 30 ގެ ނިޔަލަށް މެދު ކަނޑާލިއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައްވެސް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ވަނީ ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު