Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް/ މަޖިލިސް/ އިންތިހާބު

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އީސީން ނަގައި، މަޖިލީހާއެކު މަޝްވަރާ ކުރަނީ!

18 މާރިޗު 2020 | ބުދަ 06:39

މަޖިލީހުން ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް އެހީތެރިވެދޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 މާރިޗު 2020 | ބުދަ 06:39
އަންގާރަ ދުވަހުގެ ރޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުގައި އީސީގެ މެމްބަރުން

އަންގާރަ ދުވަހުގެ ރޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުގައި އީސީގެ މެމްބަރުން

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފަސްކުރުމާ ގުޅޭގޮތުން އަދި ކައުންސިލްތައް ޤާނޫނީ ހުސްކަމަކަށް އަންނާނެތީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އިލެކްޝަންސް ކޮމިޝަނުން (އީސީ) އަނބުރާ ނަގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ޙައްލެއް ހޯއްދެވިދާނެ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބުނެފައިވާތީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމުގެ އަމުރަކަށް އެދި އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލަ އަނބުރާ ނެގުމަށްފަހު، ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައި ވަކި މުއްދަތެއް ނެތްގޮތަށް އިންތިޚާބު ފަސްކުރާނަމަ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، ކައުންސިލްތައް ޤާނޫނީ ހުސްކަމަކަށް ދާނެތީ، އެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށްފަހު، އަންގާރަ ދުވަހު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވިދާޅުވެފައިވަނީ ޤާނޫނު އިޞްލާޙު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ކަމެއް ކަމަށްވާތީ، އެކަމަށް ޙައްލެއް ގެނެވިދާނެ ކަމަށެވެ.

އެގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އަންގާރަ ދުވަހުގެ ރޭ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ދެ ފަރާތުން އެއްބަސްވެފައިވަނީ އިންތިޚާބުގެ ވޯޓުލުން ފަސްކުރުމުގައި ޢަމަލު ކުރުމުގައި އީސީން ބޭނުންވާ ކަންކަން ހިމަނައި ބިލުގެ ޑްރާފްޓެއް ބުދަ ދުވަހު ކޮމިޓީއަށް ހުށަހެޅުމަށެވެ. އަދި އީސީން ވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޑްރާފްޓެއް އެކުލަވާލާ ކޮމިޓީއަށް ފޮނުވާނެކަމަށް ބުނެފައެވެ.

އީސީން ފޮނުވާ ޑްރާފްޓް ލިބުމުން ދައުލަތުގެ ބަންޑާރަ ނައިބުއާއެކު އެކަމާ ގުޅޭ މަޝްވަރާތައްކޮށް ޤާނޫނު ބައްޓަން ކުރުމަށް ވަނީ ކޮމެޓީން ވަނީ ނިންމާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ވެސް ވަނީ ފެނިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ އެވައިރަހުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ނެވެ. އެގޮތުން މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ މި ވަގުތު ޙާލަތަށް ރިޢާޔަތްކޮށް އިންތިޚާބުގެ ވޯޓުލުން ކުރިން ކަނޑައަޅާފައިވާ ތާރީޚުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް