Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

އެފްއޭއެމް އާއި އެތުލެޓިކްސްގެ ހަރަކާތްތައް ހުއްޓައިލައިފި

8 މާރިޗު 2020 | އާދީއްތަ 10:34

ރާއްޖެއިން ކޮރޯނާވައިރަސް އަށް ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 8 މާރިޗު 2020 | އާދީއްތަ 10:34
އެފްއޭއެމް އެކަޑަމީގެ ފަރިތަކުރުންތަކުގެ ތެރެއިން

އެފްއޭއެމް އެކަޑަމީގެ ފަރިތަކުރުންތަކުގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއިއެކު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތައް ހުއްޓައިލުމަށް ނިންމައިފިއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެފްއޭއެމްގެ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލުމަށް ނިންމައިފައިވާ ކަމަށާއި، އެގޮތުން އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމްތައް ހުއްޓައިލުމަށް ނިންމައިފައިވާ ކަމަށެވެ. ޖަވާ އިތުރަށް ވިދާޅުވީ އެފްއޭއެމްގެ ހަރަކާތްތައް ހުއްޓައިލި ނަމަވެސް މުބާރާތްތައް ކުރިޔަށްދާނެ ކަމަށެވެ. އަދި މުބާރާތްތަކާއި މެދު އިތުރު ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ ކްލަބް ތަކުން ހިންގާ އެކަޑަމީތައް ހުއްޓައިލުމަށް ކްލަބްތަކަށް ވާނީ ލަފާދީފައި ކަމަށާއި ނަމަވެސް ކްލަބް ތަކުން ހިންގާ އެކަޑަމީތައް ހުއްޓައިލަން ނިންމާނީ އެކްލަބަކުން ކަމަށެވެ.

އެފްއޭއެމްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ ހޮނިހިރު ދުވަހުގެރެއިން ފެށިގެން މާލެ އާއި އަތޮޅުތެރޭގައި ހިންގާ އެ އެސޯސިއޭޝަނުގެ ހުރިހާ ހަރަކާތެއް ވަގުތީ ގޮތުން ހުއްޓައިލުމަށް ނިންމައިފައެވެ. އަދި އެ އެސޯސިއޭޝަންގެ ކްލަބް ތަކުން މިގޮތަށް އަމަލުކުރުމަށްވެސް އެ އެސޯސިއޭޝަނުންވަނީ މިހާރު ކްލަބްތަކަށް އަންގައިފައެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުންވަނީ އެ އެސޯސިއޭޝަން މެދުވެރިކޮށް އެތުލީޓުން ރާއްޖެއިން ބޭރަށް ޓްރެއިނިންގ އަށް ފޮނުވުމާއި، އޭޕްރީލް 2020 އާއި ހަމައަށް ބައިވެރިވާން ނިންމައިފައިވާ މުބާރާތްތަކުގައި ބައިވެރިނުވާން ނިންމައިފައެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް ދެ މީހަކު ޕްޒިޓިވް ވެފައިވާއިރު، އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރި ދެ މުވައްޒަފުންނެވެ. އަދި އެ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާއިއެކު އެ ރިސޯޓުވަނީ ލޮކްޑައުން ކުރެވިފައެވެ. އަދި މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު ކުރެއްދޫ އަށް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުޅިވަރަށް ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު ދެ ލީގު ކަމަށްވާ ފްރެންޗް ލީގާއި އިޓާލިއަން ލީގުގެ މެޗުތައް އަންނަނީ ފަސްކުރަމުންނެވެ. މީގެ އިތުރުން ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އާއި މެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ އާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް