Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

މި ސީޒަން ނިމުމުން ކޭން ޔުނައިޓެޑަށް ބަދަލުވަނީ

ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މާރިޗު 2020 | ބުރާސްފަތި 08:34
ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން ހެރީ ކޭން

ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން ހެރީ ކޭން

މި ސީޒަނަށްފަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން ހެރީ ކޭން އެ ކްލަބު ދޫކޮށް، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށްފަހު ޓޮޓެންހަމް ދޫކޮށްލަން ކޭން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނިގެންދާނީ ޔުނައިޓެޑުން ކަމަށެވެ.

ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސް، ޖަރުމަން އަދި ސްޕެއިންގެ ކްލަބުތައް ހިމެނެއެވެ. އެކަމަކު ހޫނު މޫސުމުގެ ޓްރާންސްފާގައި ކޭން ބަދަލުވުން އެންމެ ގާތީ ޔުނައިޓެޑަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓޮޓެންހަމުން ކެރިއަރު ފެށި އުމުރުން 26 އަހަރުގެ ކޭން މިވަގުތު ހުރީ އަނިޔާގައި ކުޅުމާއި ދުރުގައެވެ. ކޭންގެ ފައިގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.

2009 ވަނަ އަހަރު ޓޮޓެންހަމްގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭން ވަނީ އެޓީމަށް މިހާތަނަށް ކުޅެދިން 278 މެޗުގައި 181 ލަނޑު ޖަހާފައެވެ.

ކޭން ވަނީ ޓޮޓެންހަމްއާއެކު 2014 ވަނަ އަހަރުގެ ސީޒަނުގައި ލީގް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު