Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާލޯ އަންޗެލޮޓީ

އަންޗެލޮޓީ ޖޫރިމަނާކުރަން އެފްއޭ އިން ނިންމައިފި

އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު އަންޗެލޮޓީ އަށް ވަނީ ރަތް ކާޑެއް ދައްކާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 މާރިޗު 2020 | އަންގާރަ 14:00
އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑު ދައްކަނީ

އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑު ދައްކަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑު ދެއްކުމުން، އޭނާ ޖޫރިމަނާކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވިއިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް އެވަޓަންގެ ކެލްވަޓް-ލެވިން އެވަޓަންއަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެ ލަނޑު ބާތިލުކުރީ ކެލްވަޓް-ލެވިން ފޮނުވާލި ބޯޅަ، ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ގައިގަ ޖެހިފައި ބައިކޮޅަށް ގޯލަށް ވަންނަމުން ދިޔަ ވަގުތު، އެވަޓަންގެ ގިލްފީ ސިގަޑްސަން އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް ހަރަކާތްކުރި ކަމަށް ބުނެ އެވެ.

މެޗަށް ފަހު އަންޗެލޮޓީ ދަނޑަށް އަރައި ރެފްރީންނާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކަން ފެށުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކާފައެވެ.

މި މައްސަލައިގައި އިނގިރޭސި އެފްއޭއިން އެންޗެލޮޓީ ޖޫރިމަނާކޮށްފައިވަނީ 8،000 ޕައުންޑުންނެވެ. އަދި ބުރާސްފަތި ދުވަހުގެ ކުރިން ޖޫރިމަނާ ފައިސާ ދައްކައިފިނަމަ، ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އަންޗެލޮޓީ އަށް ބެންޗުގައި ހުރެވޭނެ އެވެ. އެކަމަކު މި މައްސަލަ އިސްތިއުނާފުކޮށް އެކަން ކާމިޔާބުނުވެއްޖެ ނަމަ، ޖޫރިމަނާ ފައިސާ 12،000 ޕައުންޑަށް އިތުރު ކުރުމަށް އެފްއޭއިން ވަނީ ނިންމާފައެވެ.

އެވަޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު އަންޗެލޮޓީ ބުނީ އެ ލަނޑު ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، އެއީ އޮފްސައިޑްގައި ވިޔަސް ސިގަޑްސަން އިށީނދެ އިދުމުން، އޭނަ ކުޅުމަށް ހުރަސް ނާޅާ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު