Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

ޕޯޓްސްމައުތު ބަލިކޮށް އާސެނަލް ކުއާޓާއަށް

މި މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 3 މާރިޗު 2020 | އަންގާރަ 06:07
ޕޯޓްސްމައުތް އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ޕޯޓްސްމައުތް އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ތިންވަނަ ޑިވިޝަނުގެ ޕޯޓްސްމައުތު އަތުން މޮޅުވެ އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގިނަ ބަދަލުތަކަކާއެކު ކުޅުނު އާސެނަލުން މި މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗުގައި އާސެނަލުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އާންމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޑޭވިޑް ލުއިސް އަށާ،އި ބަކަޔޯ ސަކާ އަށް އެކަންޔެވެ. ދެން އާސެނަލްގެ ސްކޮޑުގައި ގިނައީ 20 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިއީ އޭނާ ނެގި ރިސްކެއް ކަމަށެވެ.

މެޗު ފަށައިގެން އާސެނަލުން ވަނީ ޕޯޓްސްމައުތްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގަ އާސެނަލުން ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ސޮކްރަޓިސް ޕަޕަސްތަތޮފޫލްސް އެވެ.

މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްވަޑް ކެޓިއާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ޒުވާން ކުޅުންތެރިންނަށް މި ފުރުސަތު ހައްގު ކަމަށާއި، އެފްއޭ ކަޕްގެ މިހާ ހިސާބުން ޒުވާން ކުޅުންތެރިން ބޭނުން ކުރުމަކީ ރިސްކެއް ނަމަވެސް، ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ރިސްކު ނެގުން ހައްގުކަން އެނގިގެން ދިޔައެވެ. އަދި އާޓެޓާ ވަނީ މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކޮށްފައެވެ. އާޓެޓާ އިތުރަށް ބުނީ ޕޯޓްސްމައުތުން އާސެނަލްގެ ގޯލަށް ނުރައްކާކުރި ކަމަށާއި ނަމަވެސް އާސެނަލުން މުޅި މެޗުގެ ކޮންޓްރޯލް ނަގާ، ރަނގަޅަށް ކުޅެ ދެ ލަނޑަށްވުރެ އިތުރަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކުރި ކަމަށެވެ.

އެފްއޭ ކަޕުގައި އަންގާރަ ދުވަހުގެރޭ ކުޅޭނީ ލިވަޕޫލާއި ޗެލްސީ އެވެ. ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަނޑިން އަންގާރަ ދުވަހުގެރޭ ދަންވަރު 00:45 ގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު