Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް މަރުގެ މައްސަލަ/ އަދުހަމް

ގާސިމް މަރުގެ މައްސަލަ: އަދުހަމުގެ ބޮޑެތި ތުހުމަތުތަކެއް ފުލުހުންނަށް، ކޯޓުގައި ވެފައިވާ އިއުތިރާފް ގެންގޮސް، ދައުވާއަށް އިންކާރުކޮށްފި

18 ފެބުރުއަރީ 2020 | އަންގާރަ 08:49

އަދުހަމް ބުނީ ފުލުހުން އޭނާއަށް މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ސުޕާރީ ފޯރުކޮށްދިން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ފެބުރުއަރީ 2020 | އަންގާރަ 08:49
ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ކޯޓުގައި ވެފައިވާ އިއުތިރާފް ގެންގޮސް، ދައުވާއަށް ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އިންކާރުކޮށްފި އެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަދުހަމްގެ މައްޗަށް ކުރާ ދައުވާ އާއި، ކުށް ސާބިތު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅާ ހެއްކާއި ގަރީނާތަކާއި އަދި އަދުހަމުގެ އިއުތިރާފުގެ ބަޔާން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ އިއްވުމުން ތަކުރާރުކޮށް، އަދުހަމް ގާތު އެމައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އެއްސެވުމުންވެސް އަދުހަމް އެދުވަހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގާސިމް މަރާލުމުގައި އަދުހަމް އަމަލުކޮށްފައިވާ ގޮތުގެ ބަޔާނާއި އަދި ޕީޖީ އޮފީހާއެކު އަދުހަމް ވެފައިވާ އިއުތިރާފުގެ އެއްބަސްވުން އެއީ އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތި ދީފައިވާ ބަޔާންތަކެއް ކަމަށާއި އެހުރިހާ ކަމަކަށް އިއުތިރާފްވާ ކަމަށް ބުނެފަ އެވެ.

Advertisement - newsAdvertisement

އަދުހަމްގެ އެ އިއުތިރާފާއެކު ޝަރިއަތުން ނިންމީ އަދުހަމްގެ މައްޗަށް އަވަސް ނިޔާގެ ޝަރީއަތެއް ހިންގުމަށެވެ. އެގޮތުން އަންގާރަ ދުވަހު (މިއަދު) ކްރިމިނަލް ކޯޓުގައި އަވަސް ނިޔާގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ކުށަށް އަދުހަމް އިއުތިރާފުވެފައިވާތީ، މިއަދު މި ބޭއްވެނީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އަދުހަމް އިތުރަށް ދައުވާ ސާފު ކުރަން ބޭނުންތޯ، ގާޒީ އަދުހަމް ގާތު އެއްސެވުމުން އަދުހަމް ބުނީ ދައުވާ ސާފުކުރަން ބޭނުންވާ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ އެ ދައުވާއަށް އޭނާ އިންކާރު ކުރާ ކަމަށެވެ. އަދި އަަދުހަމް ބުނީ، އިބްތިދާއީ އެ އަޑުއެހުމުގައި އޭނާ ދެއްކި އެއްވެސް ވާހަކައަކީ އޭނާ ހަމަހޭގައި ހުރެގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި، އެއީ އޭނާ މަސްތުގެ ހާލުގައި ހުރެގެން ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދުހަމް ބުނީ އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމާ ހަމައަށް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށަގަ ކަމަށެވެ. އެދުވަސްތަކުގައި އޭނާއަށް މަސްތުވާތަކެއްޗާއި، ސިނގިރޭޓާއި ސުޕާރީފަ ދަ ތަކެތި އޭނާއަށް ފުލުހުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދުހަމް ބުނީ އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރި ދުވަހަކު ކޯޓުގައި ވެސް "ހާއްސަ އިނާޔަތްތައް" އަދުހަމަށް ދެމުންދާ ކަމަށް ފުލުހުން ބުނެފައިވާނެ ކަމަށެވެ. އެ ހާއްސަ އިނާޔަތަކީ އަދުހަމް ބުނާގޮތުން އެއީ މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ސުޕާރީ ފަދަ ތަކެއްޗެވެ.

އަންގާރަ ދުވަހުގެ (މިއަދުގެ) އަޑުއެހުމަށް އަދުހަމް ގެނައީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންނެވެ. އަދި އަދުހަމް ލައިގެން ހުރީވެސް ގައިދީންގެ ޔުނީފޯމެކެވެ. ނަމަވެސް ކުރީގެ އަޑުއެހުންތަކަށް އަދުހަމް ގެނައީ ފުލުހުންނާއި ކަރެކްޝަންސް އިންނެވެ. އެ ދެ އަޑުއެހުމުގައި އަދުހަމް ހުރީ އާދައިގެ ހެދުމުގައި އިސްތަށި ގަނޑުވެސް (ސްޕައިކް ޖައްސާފަ) ރީތިކޮށެވެ.

އަންގާރަ ދުވަހުގެ އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމަށް ގައިދީންގެ ޔުނީފޯމުގައި އަދުހަމް ގެނައީ، އޭނާގެ މަށްޗަށް ދައުވާކުރި ވައްކަމުގެ މައްސަލައެއް ސާބިތުވެ، ދާދިފަހުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އެވެ. އެހެންކަމުން އަދުހަމް މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުކުމް ތަފީޒުކުރާ ގައިދީއެއްގެ ގޮތުގަ އެވެ.

އަދުހަމް އިންކާރު ކުރުމާއެކު އަދުހަމްގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަށް އެއްޗެއް ވިދާޅުވާން ފުރުސަތު ދެއްވުމުން ވަކީލު ވިދާޅުވީ، ދައުވާއަށް އިއުތިރާފު ވުމަށްފަހު، އަދުހަމް އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި އިންކާރު ކުރާކަމަށް ބުނާތީ އާއި ފުލުހުންގެ އޭނާއާމެދު އަމަލުކޮށްފައިވާގޮތުގެ ތަފްސީލުތައް ޖެހޭނީ އަދުހަމް ގާތުން އޮޅުން ފިލުވަން ކަމަށާއި އެކަންކަން އޮޅުންފިލުވުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާއަށް އަދުހަމް އިންކާރު ކުރާތީ، ދައުލަތުން ބޭނުންނަމަ، މިމައްސަލަ އަލުން ތަހުގީގު ކުރެވިދާނެ ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ފަށައިގެން ވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މިމައްސަލާގައި ދެން ކުރިއަށްދާ ބޭނުންވަނީ އިބްތިދާއީ އަޑުއެހުންތަކާ ހަމައިން ކަމަށެވެ. ގާޒީ ވިދާޅުވީ، ދެން އަދުހަމްގެ މިމައްސަލާގައި ކުރިއަށްދާނީ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ.

އިބްތިދާއީ އަޑުހެމުގައި އަދުހަމް ވެފައިވާ، އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފު އަނބުރާ ގެންގޮސް، ދައުވާއަށް އަދުހަމް އިންކާރު ކޮށްފައިވާތީ، އަވަސްނިޔާގެ މަރުހަލާ އެވަނީ ނިމިފަ އެވެ. އެހެންކަމުން ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ވެއްޖެނަމަ ކުށުގެ އަދަބަކީ އުމުރަށް (25 އަހަރުގެ) ޖަލަށްލުމެވެ. ނަމަވެސް އަދުހަމާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމެއް ވެވިފައިވާތީ، މިދިއަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، އިއުތިރާފުގެ ބަޔާން ޝަރީއަތުން ގަބޫލުކޮށް، އެބަޔާން ދަމަހައްޓައިފިނަމަ، އަދުހަމްގެ މައްޗަށް އިއްވާ ހުކުމުގެ އަދަބު ލުއިވެ، އިއްވޭނީ 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެސް ދައުލަތުން އެދުވަހުގެ އަޑުއެހުމުގައި ބުނެފައި ވެއެވެ.

އިބްތިދާއީ އަޑުއެހުމުގައި އަދުހަމަ ބުނެފައިވަނީ އޭނާ ގާސިމަށް ހަމަލާ ދިނީ މަސްތުވެގެން ހުރެ، މަސްތުގެ ހާލުގަ ކަަމަށެވެ. އެހެންކަމުން ދައުލަތުން ބުނެފައިވަނީ އަދުހަމް މަސްތުވުމުގައި އެއްވެސް މީހެއްގެ މަޖުބޫރުކަމެއް އޮތްތޯ ސާފުކުރަން ޖެހޭ ކަމަށެވެ. އަދުހަމް ބުނެފައިވަނީ މަސްތުވުމުގައި ވެސް އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތް ކަމަށެވެ.

އިބްތިދާއީ އަޑުއެހުމުގައި، ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ، ގާސިމް މަރާލި ދުވަސް ކަމަށްވާ 4 ޑިސެމްބަރު 2019 ވަނަ ދުވަހު އަދުހަމްއާ މުއާމަލާތް ކުރެވުނު މީހުން ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެގޮތުން ހުޅުމާލެއިން ހުޅުލެއަށްދިޔަ ޓެކްސީ ޑްރައިވަރާއި، ހުޅުމާލެ ކެފޭއަކުން ވަޅިއެއް ހޯދިއިރު، އެތާތިބި ތިން މީހަކާއި، ގާސިމް މަރާލުމަށްފަހު، ވަޅި އާއި އަދުހަމްގެ ގަމީސް ހޯދި ފުލުހުންނާއި، އަދި ގާސިމް މަރާލުމަށްފަހު، ގަމީސް ބަދަލުކުރިއިރު، އެގަމީސް ދިން މީހާއާއި ފޮރެންސިކް ތަހުލީލު ރިޕޯޓުތަކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައި ލިޔުންތައް ތައްޔާރުކުރި ފުލުހުންގެ ބަހެއް ނަގަންޖެހިއްޖެ ހާލަތެއްގައި ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.

މީގެއިތުރުން ދައުލަތުން ވަނީ އަދުހަމް ފުލުހުންނަށް ދިން ބަޔާނާއި ވީޑިއޯ ފުޓޭޖްތައްވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

އިބްތިދާއީ އެއަޑުއެހުން ނިންމާލައްވަމުން ގަޒީ ވިދާޅުވެފައިވަނީ، އެޝަރީއަތުގެ އަޑުއެހުމުގައި ކުށަށް އަދުހަމް އިއުތިރާފުވެ، އަދި ދައުލަތުން ކަންހިނގާދިޔަގޮތް ކިޔާދިނުމުން، އެހުރިހާކަމަކަށް ވެސް އަދުހަމް އިއުތިރާފް ވެފައިވާ ކަމަށެވެ. އެހެންކަމުން ދެން މިމައްސަލާގައި ބޭއްވޭނީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ކަމަށާއި އެ އަޑުއެހުން މިމަހުގެ 18 ވަނަ ދުވަހުގެ 11:30 ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށް ގާޒީ މިދިއަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވިދާޅުވި އެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިއަ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރު އެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް