Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2020

ހިޝާންގެ މައްސަލަ: ޖެންޑަރ މިނިސްްޓްރީން ވެފައިވާ އިހުމާލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް!

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2020 | ބުދަ 05:06
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން

ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަހުމަދު ހިޝާންގެ މައްސަލައާއި މެދު ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތީ 41 މެންބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

ކުއްލި މައްސަލައިގައިވަނީ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފު ކުރުމާއި ގުޅިގެން 3 ފެބްރުވަރީ 2020 ވަނަ ދުވަހު ބޭއްވުނު އެމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާއަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" ކަމާއި ޤައުމީ އިނާމު ދިން އިރުވެސް އޭނާއާއި މެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑަރ މިނިސްޓްރީއަށް އެނގޭކަން ހާމަވެފައިވާކަމަށެވެ. މި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ޖެންޑަރ މިނިސްޓްރީން މިމައްސަލައިގައި ވެފައިވާ އިހުމާލު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެއިތުރުން 4 ފެބްރުވަރީ 2020 ވަނަ ދުވަހު ހައި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ހާމަވެފައިވާ ގޮތުގައި 17 ޖަނަވަރީ 2018 ގައި ފެމިލީ ކޯޓުން މިދެންނެވި މައްސަލައިގައި ޙުކުމްކޮށްފައިވަނީ އަޙްމަދު ހިޝާނާމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ދިން މަޢުލޫމާތާއެކު ޖެންޑަރ މިނިސްޓްރީން އެކުލަވާލި ރިޕޯޓަކަށް ރިޢާޔަތްކޮށްފައިވާ ކަމަށް ކުއްލި މައްސަލާގައިވެއެވެ.

އެގޮތުން 19 އަހަރުގެ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ބެލެނިވެރިކަން އަޙްމަދު ހިޝާނަށް ދެވެން ނެތްކަމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރެވެ. އަދި އެޒުވާނާގެ ބެލެނިވެރިކަން، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާއިހަމައަށް ހިޝާނަށް ދެވެން ނެތްކަމަށް ފެމެލީ ކޯޓުން ޙުކުމްކުރި ނަމަވެސް އޭރުން ފެށިގެން މިއަދާއި ހަމައަށްވެސް އެޒުވާނާ އުޅެނީ އަޙްމަދު ހިޝާނާއެކު ކަމަށް ހައިކޯޓަށް މަޢުލޫމާތު ލިބިފައިވާކަންވެސް ވަނީ ހާމަވެފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން އެކަމާއި އަޅާނުލާ އޮތްކަމީ އެމިނިސްޓްރީގެ އިހުމާލު އިންތިހާއަށް ހާމަވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ކަމާއިބެހޭ ކޮމެޓީން މިމައްސަލަ ބަލާ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނާއާއިމެދު އިހުމާލުވީ ވަކިވަކި ފަރާތްތައް ދެނެގަނެ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މެންބަރު މީކާއިލް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު