Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުރަވީ ދުވަސް 2020/ ޝިފާންގެ ތަޤްރީރު

ހުރަވީ ދުވަހުގެ އިލްމީ ތަޤްރީރާއެކު ޝިފާނަށް ތަޢުރީފް!

ގައުމިއްޔަތުގެ ރޫހުން ފުރިގެންވާ ތަޤްރީރެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2020 | ބުރާސްފަތި 19:10
ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މުހައްމަދު ޝިފާން މިއަހަރު ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ--

ކުޅަދާނަ ވާހަކަދެއްކުންތެރިޔާ މުހައްމަދު ޝިފާން މިއަހަރު ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ--

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ފަރާތުން ތާޖުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި ޖަލްސާގައި މުޙައްމަދު ޝިފާން ދެއްކެވި ވާހަކައަށް ގިނަބައެއްގެ ތަރުޙީބު ލިބެމުން އެބަދެއެވެ.

ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮގުންނާއި ވާހަކަ ދެއްކުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޙާޞިލުކުރައްވާފައިވާ ޝިފާނުގެ ވާހަކަފުޅު ހިމެނުނީ ޤައުމިއްޔަތުގެ ރޫޙުން ފުރިގެންވާ ތަޤްރީރަކަށެވެ. ޢިލްމީ ވާހަކަފުޅާއެކު ވާހަކަ ދެއްކުންތެރިކަމުގެ ފުރިހަމަ އުސްލާބުން (ސްޓައިލް) ޝިފާންގެ ވާހަކަފުޅަށް ދިރުން ލިބިގެންދިޔަ އެވެ.

ޝިފާނުގެ ވާހަކަފުޅުގައި ދިވެހި ޤައުމަށް ގައްދާރުވި ޚާއިނުންގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުމާއި ބަޣާވާތުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުމުގެ މައްޗަށް ތަފުޞީލުކޮށް އަލިއަޅުވާލައްވާފައި ވެއެވެ.

ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނު ވިދާޅުވަނީ، ޝިފާނުގެ ވާހަކައަކީ ވަރަށް ބޮޑަށް ދިރަސާ ކުރައްވާފައިވާ ފުރިހަމަ ޢިލްމީ މަސައްކަތެއްކަމަށާއި، އޭނާގެ ބަސްމަގު ގެއްގުޅުއްވާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. މިއަހަރުގެ ހުރަވީ ދުވަހުގެ ޖަލްސާގެ ޝަރަފުވެރިމެހެމާނު މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ، އިބްރާހީމް ޙަސަން ވާހަކަފުޅުގައި ޝިފާނަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ ޝިފާނުގެ ވާހަކަފުޅަށް އެތައް ފަހަރަކު އިޝާރާތްކުރައްވަމުން ވިދާޅުވީ، މިއީ ވަރަށް ފުރިހަމަ ޢިލްމީ ދިރާސާއެއް ކަމަށެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީގެ ފޭސްބުކްގައި ޝިފާނުގެ ވާހަކަފުޅާ ގުޅޭގޮތުން ލިޔުއްވާފައިވަނީ، ޝިފާނުގެ ވާހަކަފުޅު އަޑުއެހުމަށްފަހު، އުފާވެއްޖެ ކަމަށެވެ. ޝިފާނުގެ ބަސްމޮށުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަށްޓަކައި އުފާ ކުރައްވާކަމަށާއި ޝިފާނުގެ ވާހަކަފުޅު އަޑުއެއްސެވީ ފޫހިކަމެއް ނެތި ކަމަށެވެ. "ޖަލީސުން އެސްފިޔަވެސް ޖަހައި ނުލާ ޝިފާނަށް ބަލަންތިބީ އައުދަޔާ ޚިލާފު ޝައުޤެއްގައި" އަދަބީ ޖަޒުބާތުގެ މަސްތުގައި ޖެހިފައި ޝިފާނަށް ހިތްވަރާއި ސާބަސް ރައްދުކުރައްވަމުން އަޝްރަފް ވިދާޅުވި އެވެ.

ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުންނާއި، ވާހަކަދެއްކުންތެރިކަން ކުރިއެރުވުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރ އަންވަރު އިބްރާހީމް ފޭސްބުކްގައި ލިޔުއްވާފައިވަނީ"ޝިފާނުގެ މަސައްކަތަށް ހަމަ ސާބަސް. ސްޕީޗް ވަރަށް މޮޅު. ތައްޔާރުވުމާއި ހުށަހެޅުންތެރިކަމާއި އަދަބީ އުކުޅުތައް ބޭނުންކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު،"ކަމަށެވެ.

ތާރީޚީ ގިނަ ފޮތްތަކަކާ ހަވާލާދެއްވާފައިވާ މިތަޤުރީރުގެ ފުރިހަމަކަމާބެހޭ ގޮތުން، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން 2011 ވަނަ އަހަރު ވާހަކަ ދެއްކުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ"މިއީ ޓެކްނިކަލީ ވަރަށް ފުރިހަމަ ޢިލްމީ މަސައްކަތެއް ކަމަށާއި، އަޑާއި ރާގާއި އުކުޅުތައް ފުރިހަމަ ތަޤުރީރެއް"ކަމަށެވެ.

ސޯޝަލް މީޑިއާގައި ގިނަ ތަޢުރީފްތަކެއް އޮހުނު މިތަޤުރީރުގައި ގެނެވިފައިވާ ވާހަކަތަކުން ގައިން ހީބިހިނަގައިގެން ދިޔަވަގުތުތަކެއް އައިކަމަށާއި ޤައުމިއްޔަތު ހޭލައްވާލަދިން ކަމަށްވެސް މިފަންނުގެ ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

ޝިފާނުގެ ތަޤުރީރުގެ އެންމެ މުހިއްމު ސިފަޔަކީ ޙަވާލާދެއްވުން ކަމަށާއި، އެހެން މީހުންގެ މަސައްކަތްތައް ނަކަލުނުކޮށް ފުރިހަމަ ކްރެޑިޓް ދީގެން ވާހަކަ ދައްކާފައިވާތީ އުފާކުރައްވާކަމަށް ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުން ރަންވަނަތައް ޙާޞިލުކުރައްވާފައިވާ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

ވާހަކަ ދެއްކުމުގެ ފަންނުގައި ގިނަގުނަ ރަންވަނަތައް ޙާޞިލުކުރައްވާފައިވާ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް މިވާހަކަފުޅު ސިފަކުރައްވަނީ"ތާރީޚީ އަދަބީ ރަތްމުތެއް"ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ޝިފާނުގެ ބަލާޣާތްތެރި އުސްލޫބުން ހުރަވީ ދުވަހުގެ ރޫޙު އާވެގެން ހިގައްޖެ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރ އަދި އައްޑޫ އަތޮޅުގައި ވާހަކަ ދެއްކުންތެރިކަން ކުރިއެރުވުމުގައި އެންމެބޮޑު މަސައްކަތެއް ކުރައްވަމުން ގެންދަވާ އަލްފާޟިލް ޝައްފާން ޝަފީޤު ވިދާޅުވީ "1980 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ހުރަވީ ދުވަހުގެ ހުރިހާ ތަޤުރީރުތަކެއް އަޑުއެއްސެވި ކަމަށާއި ޝިފާނުގެ ތަޤުރީރުހާ ފުރިހަމަ އަމިއްލަ އިލްމީ ދިރާސީ މަސައްކަތެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. " އޭނާ ވިދާޅުވީ މިފުރިހަމަ މަސައްކަތް ވާހަކަދެއްކުންތެރިކަން ދަސްކުރާ ދަރިވަރުންނާއި ތާރީޚީ ކްލާސްތަކުގެ ދަރިވަރުންނަށް ރެފަރެންސް މަސައްކަތެއްގެ ގޮތުގައި ބޭނުންކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖޭ އުފެއްދި އެންމެ ކުޅަދާނަ އެއް ވާހަކަ ދެއްކުންތެރިޔާ އަލްފާޟިލް މުހައްމަދު ސަލީމް (ހޯރަފުށި ސަލީމް) ވިދާޅުވީ، ޝިފާނަކީ އުއްމީދީ ޒުވާނެއް ކަމަށާއި، ޝިފާނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށެވެ.

ޢާންމު ފަރާތްތަކުން ޓްވީޓަރގައި ޝިފާނުގެ މަސައްކަތަށް ތަޢުރީފުކޮށް، އެތައްހާސް ޓްވީޓެއް ކުރައްވާފައިވާއިރު، ޔޫޓިއުބުގައި ޝިފާނުގެ ސްޕީޗް އަޕްލޯޑްކުރި ދުވަހު އެކަނިވެސް ހަހަކަށްވުރެ ގިނަ މީހުން ބަލާ، އަޑުއަހާފައިވެއެވެ.

ޝިފާނު ވާހަކަ ދެއްކުމުގެ ދާއިރާއަށް ނުކުމެވަޑައިގަތީ ކަލާފާނު ސްކޫލްގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެވެ. އަދި މަޖީދިއްޔާ ސްކޫލަށް ދަރިވަރެއްގެ ގޮތުގައްޔާއި، ކޯޗެއްގެ ގޮތުގައި ޝިފާނުގެ އެހީތެރިކަން ދެއްވާފައި ވެއެވެ. އޮނަރަބްލް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަކަށް ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވޭތުވެދިޔަ 9 އަހަރު ފަނޑިޔާރުކަން ކުރައްވާ، ޝިފާނަކީ މާލެއާއި އަތޮޅުތެރޭގައި މިފަންނު ދިރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

ބަސްތާ ދަށުވެ މަރުވި ޖިއާންގެ އުފަންދުވަހުގެ ހަދިޔާ ބެހުުމުގައި 3 އަހަރުގެ ކޮއްކޮ އަވަދިނެތި!

22 އޯގަސްޓު 2019
ހުރަވީ ސްކޫލް: ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް ބޭނުން ވަނީ ބެލެނިވެރިންގެ އިތުބާރު!

ހުރަވީ ސްކޫލް: ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް ބޭނުން ވަނީ ބެލެނިވެރިންގެ އިތުބާރު!

18 ޖެނުއަރީ 2019
އިބޫ އަށް ލިބިވަޑައިގެންނެވި އެންމެ ކަމުދާ އުފަން ދުވަހުގެ ހަދިޔާ އެނގޭތަ؟

އިބޫ އަށް ލިބިވަޑައިގެންނެވި އެންމެ ކަމުދާ އުފަން ދުވަހުގެ ހަދިޔާ އެނގޭތަ؟

26 އޯގަސްޓު 2018
ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް

03 ޖުލައި 2018

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު