Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ ކޯޕަރޭޝަން

ފެނަކައިގެ އިސްވެރިންގެ ދަތުރުތަކަށް 1.3 މިލިއަން ރުފިޔާ، ޚަރަދުކުރި ގޮތުގެ ތަފުސީލެއް ނޭނގޭ: އޭސީސީ

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާގެ މުއާމަލާތް ހިންގާފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 ނޮވެމްބަރު 2017 | އާދީއްތަ 03:54
ފެނަކަ ކޯޕަރޭޝަން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާ ޚަރަދުކޮށްފަ

ފެނަކަ ކޯޕަރޭޝަން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާ ޚަރަދުކޮށްފަ

ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް އެކުންފުނިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފުސީލު އެނގެން ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ބޭނުމަށް 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް އެ ކުންފުނީގެ އިސް މުވައްޒަފުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް އެ ކުންފުނިން ކޮށްފައިވާ ޚަރަދުތަކާ ގުޅިގެން އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ ކޮމިޝަނުން ދިން ލަފާގައިވާ ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.

Advertisement - newsAdvertisement

ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީއިން ބުނި ނަމަވެސް، އެއްވެސް މުވައްޒަފަކާ މެދު ދައުވާކުރުމަށް ފޮނުވާފައިނުވެއެވެ. އޭގެ ބަދަލުގައި އޭސީސީއިން ވަނީ ބައެއް ކަންކަން ފާހަގަކޮށް، އެ ކަންކަން އިސްލާހު ކުރުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގާފައެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، ފެނަކައިގެ އިސްވެރިންގެ ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކަށް ޖުމްލަ 881,172 (އަށްސަތޭކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ ދޭއް) ރުފިޔާ ޕޭމެންޓް ވައުޗަރު ހަދައިގެން ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، މިއިން އެއްވެސް ދަތުރެއްގެ ދަތުރު ރިޕޯޓް ހަދާފައި ނުވާކަމާއި، އަދި ދަތުރުގައި ހަވާލުކުރި ފައިސާގެ ޚަރަދު ރިޕޯޓެއްވެސް ހަދާފައި ނުވާކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ދަތުރު ރިޕޯޓާއި ފައިސާގެ ޚަރަދު ރިޕޯޓް ހަދާފައި ނުވި ނަމަވެސް، އާންމުގޮތެއްގައި ދަތުރުތައް ކޮށްފައިވަނީ ޓްރޭނިންގއަށާއި ސްޓަޑީ ޓުއަރސްއަށް ކަމާއި، ކުންފުންޏަށް ބޭނުންވާ ބައެއް ޚިދުމަތްތައް ހޯދުމުގެ ބޭނުމުގައިވެސް ބައެއް ދަތުރުތައްކޮށްފައިވާކަމާއި، އަދި ކުންފުންޏަށް މުވައްޒަފުން ރެކްރޫޓްކުރުމަށް ހަ މުވައްޒަފުންގެ ޓީމެއް އިންޑިޔާއަށް ދިއުމަށް ދަތުރެއް ކޮށްފައިވާކަން ދަތުރުތަކާ ގުޅޭ ލިޔުންތަކުން އެނގޭކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، ކޮންމެ ދަތުރަކަށްވެސް ޕޭމެންޓް ވައުޗަރުން ނަގާ ފައިސާ ކުންފުނީގެ މުވައްޒަފަކާ ހަވާލުކޮށް ސޮއިކުރުވާފައިވެއެވެ. އެހެން ނަމަވެސް، ދަތުރުގައި ބައިވެރިވާ ފަރާތްތަކާއި އެ ފައިސާ ހަވާލުކޮށްފައިވާކަން ލިޔުންތަކުން ޔަގީން ކުރެވެން ނެތްކަމާއި، އަދި ދަތުރުތަކުގައި އިންސިޑެންޓަލް ޚަރަދަށް ނަގާފައިވާ ފައިސާ ޚަރަދުކުރިގޮތުގެ ތަފުސީލު އެއްވެސް ފަރާތަކުން ހުށަހަޅާފައިވާކަން ލިޔުންތަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، އެ ކުންފުނީގެ އިސް މުވައްޒަފުން ރާއްޖޭގެ ރަށްތަކަށް ކޮށްފައިވާ ދަތުރުތަކަށް ޖުމްލަ 456,030 (ހަތަރުސަތޭކަ ފަންސާސްހަހާސް ތިރީސް) ރުފިޔާ ޕޭމެންޓް ވައުޗަރު ހަދައިގެން ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. ނަމަވެސް އެއިން އެއްވެސް ދަތުރެއްގެ ދަތުރު ރިޕޯޓާއި ދަތުރުގައި ޙަވާލުކުރި ފައިސާގެ ޚަރަދު ރިޕޯޓުވެސް ހަދާފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި، ދަތުރުތަކުގައި ޚަރަދުކުރުމަށް ޕެޓީ ކޭޝްގެ ގޮތުގައި ފައިސާ ނަގާފައިވީނަމަވެސް އެ ފައިސާއިން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލެއް ލިޔެކިޔުމުން އެނގެން ނެތެވެ. އަދި އެއްވެސް ފައިސާއެއް ބާކީ ހުރިކަމެއް ނުވަތަ ނެތްކަމެއް އެނގެން ނެތްކަމާއި، ބައެއް ދަތުރުތަކާ ގުޅިގެން އިތުރަށް ނެގިފައިވާ އެލަވަންސް ފައިސާ އަނބުރާ އޮފީހާ ހަވާލުކޮށްފައިވީނަމަވެސް އެ ފައިސާއާމެދު އަމަލުކުރި ގޮތެއް ލިޔުންތަކުން އެނގެން ނެތްކަން އޭސީސީއިން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު