Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީބާޖާ މައްސަލަ

ދީބާޖާ މައްސަލަ: ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމައިފި

22 ޖެނުއަރީ 2020 | ބުދަ 09:38

ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖެނުއަރީ 2020 | ބުދަ 09:38
ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 348 މިލިއަން ރުފިޔާ ދެއްކުން ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް މުރާޖަޢާ ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަަށް ރިއާޔަތްކޮށް، އެ މައްސަލަ މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ސުލޫކީ އެތައް މައްސަލަތަކެއް ފެންމަތިވެ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުޤީޤު ކުރަމުންދިޔަ ފަނޑިޔާރުންނެވެ. އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ މަޤާމުން ވަކިކޮށް، އާ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފަ އެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން އެގޮތަށް ނިންމިއިރު، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމުގެ ދީބާޖާއިން ވަނީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފަ އެވެ. ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، ދީބާޖާއާ ސަރުކާރާ ދެމެދު ދިޔައީ އެމައްސަލަ ޙައްލު ކުރުމަށް މަޝްވަރާ ކުރަމުންނެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ މިިދިޔަ އަހަރުގެ އެޕްރީލް މަހު ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުގެ އެހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި ޢާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ބަލާފައި ވެއެވެ.

ސަރުކާރާއި ދީބާޖާއާ ދެމެދު ކުރެވުނު މަޝްވަރާތަކުުން މިހާރު ވަނީ 348 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވުމަށް އާދެވިފަ އެވެ. އަދި ރައީސް އޮފީހާއި ދައުލަތުގެ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވެސް ވަނީ 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ޖެހުމަށްވަުރެ، 174 މިލިއަން ރުފިޔާ ދީބާޖާއަށް ދައްކުމަށް ވެވުނު އެއްބަސްވުމަކީ ދައުލަތަށް އުފުލަށްޖެހުނު ބޮޑުބުރަ ކުޑަވެގެން ދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް އެ 174 މިލިއަން ރުފިޔާ ސަރުކާރުން ދީބާޖާއަށް ދެއްކިކަން އަދި ޔަޤީނެއް ނުވެއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ރައީސް މުޙައްމަދު ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް