Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަނާޖީ ފިލްމު

އަޖޭގެ ތަންހާޖީ، 200 ކްރޯޑް ކްލަބާ ދިމާލަށް

ފިލްމަށް ފުރަތަމަ ހަފްތާގައި ރަނގަޅު އާމްދަނީއެއް ލިބިފައިވާ

އަލީ ސަމާޚް
އަލީ ސަމާޚް | 20 ޖެނުއަރީ 2020 | ހޯމަ 18:25
ތަނާޖީގެ ޕޯސްޓަރު

ތަނާޖީގެ ޕޯސްޓަރު

މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ ''ތަންހާޖީ'' އަށް 166 ކްރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދައި 200 ކްރޯޑް ކްލަބާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ތަންހާޖީ އަކީ އަޖޭގެ ފިލްމީ ކެރިއަރުގެ 100 ވަނަ ފިލްމަށްވާއިރު، މިއީ އަޖޭގެ ފިލްމަކަށް 100 ކްރޯޑް ރުޕީސް ލިބުނު ދެވަނަ ފިލްމެވެ. އަޖޭގެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ޓްވިޓާގައި ހިއްސާކުރަމުން ޓްރޭޑް އެނަލިސް ތަރަން އަދާރަޝް ބުނީ، ފިލްމު ރިލީޒްކުރިތާ ނުވަ ވަނަ ދުވަހާ އަޅައިކިޔާއިރު ފުރަތަމަ ދުވަހަށްވުރެ ބޮޑު ކަމަށެވެ.

އެ ފިލްމަށް ދެވަނަ ހަފްތާގައި އަކްޝޭގެ ''ގުޑް ނިއުޒް'' އަށްވުރެ ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށް ތަރަން ބުންޏެވެ. ތަނާޖީ އަށް ހުކުރު ދުވަހު 10 ކްރޯޑް ރުޕީސް ލިބިފައިވާިއރު، ހޮނިހިރު ދުވަހު ލިބުނީ 16 ކްރޯޑް އެވެ. އަދި ހޮނިހިރު ދުވަހު 21 ކްރޯޑް ހޯދާފައިވާއިރު، ހަފްތާތެރޭގައި ލިބުނީ 47.72 ކްރޯޑް އެވެ.

ބޮކްސްއޮފީސް.އިންޑީއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމު އެންމެ ރަނގަޅަށް ހިނގާފައިވަނީ މަހަރާޝްތްރަ ސްޓޭޓް އަދި ޝައުރަތްޝްރާ ގައެވެ،

ތަންހާޖީ ފިލްމަކީ ޗައްތަރަޕަތީ ޝިވާޖީ މަހަރާޖާ މަރާތާ ސިފައިންގެ ފައުޖުގައި އުޅުނު ތޫނުފިލި ލީޑަރެއް ކަމަށްވާ ތަނާޖީ މަލުސޭރްގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެފަދަ ފިލްމެއް ހަދަން އަޖޭ ނިންމީ ތަންހާޖީ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ފޮތްތަކުގައި ނެތުމުންނެވެ.

ކުރީ ޒަމާނުގައި ހިނގާފައިވާ ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމުތައް ހެދުމަކީ މިހާރު ބޮލީވުޑްގައި މަޝްހޫރު ޓްރެންޑެކެވެ. އެކަމަކު އަޖޭ ބުނީ، އެ ފިލްމު ހަދަން ނިންމީ އެއްވެސް ގޮތަކަށް ޓްރެންޑަކަށް ބަލައިގެނެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން

25 ޑިސެމްބަރު 2017
އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން
03 ސެޕްޓެމްބަރު 2017

އަޖޭގެ "ބާދްޝާހޯ"އަށްފުތަރަމަ ދުވަހުވެސް 10.24 ކުރޯޑް ރުޕީސް

03 ސެޕްޓެމްބަރު 2017
އަޖޭގެ "ބާދްޝާހޯ"އަށްފުތަރަމަ ދުވަހުވެސް 10.24 ކުރޯޑް ރުޕީސް
16 އޯގަސްޓު 2017

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

16 އޯގަސްޓު 2017
އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ
09 އޯގަސްޓު 2017

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
12 ފެބުރުއަރީ 2017

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

12 ފެބުރުއަރީ 2017
އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު