Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަވަތި

ލީކްކުރި ''ބަވަތި'' ޔޫޓިއުބްއާ އެފްބީން ނަގައިފި

ފުލުހުން ބުނީ، ޝާމިލްވާ މީހުން ހޯދެން ނެތް ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް | 14 ޖެނުއަރީ 2020 | އަންގާރަ 05:36
ބަވަތިގެ ޕޯސްޓަރެއް

ބަވަތިގެ ޕޯސްޓަރެއް

މިދިޔަ އަހަރު ދިވެހި ސިނަމާތަކަށް ނެރުނު އެންމެ ތަފާތު ފިލްމު ކަމަށްވާ ''ބަވަތި'' ލީކް ކޮށްލުމުން އެ ފިލްމު ޔޫޓިއުބުންނާއި ފޭސްބުކް އިން ނަގައިފިއެވެ. ފިލްމު ލީކް ކޮށްފައިވަނީ ޔޫޓިއުބް އަށާއި، އެފްބީ ދެ ޕޭޖަކަށެވެ.

ފިލްމު ލީކް ކޮށްލުމާއި ގުޅިގެން ބަވަތި އުފެއްދި އައި ފިލްްމްސް އިން ނެރުނު ބަޔާނެއްގައި އެ ޕްރޮޑަކްޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނީ، ކާކުކަން ނޭނގޭ މީހަކު އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗާ ފިލްމު ބަވަތި ކޮޕީ ކޮށްގެން އެ ފިލްމު ޝޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ލީކް ކޮށްފައިވާ ކަމަށެވެ.

ޕްރޮޑަކްޝަން ކުންފުނިތަކާއި، ކޮންޓެންޓް ލިޔާ މީހުންނާއި، މިއުޒިޝަނުން އަދި އާޓިސްޓުން ބުރަ މަސައްކަތުން އެތައް ފައިސާތަކެއް ހޭދަކޮށްގެން އާއްމުންނާއި ހަމަޔަށް ގެނެސްދޭ މި ފަދަ މަސައްކަތްތަކަކީ އެ އުފެއްދި މީހުންގެ އަމިއްލަ އެއްޗަކަށްވާއިރު ފިލްމުތައް ލީކްކުރުމަކީ ''ވައްކަމެއް'' ކަމަށެވެ. އަދި މި ފަދަ އެއްވެސް ކަމެއް ބައިވެރިނުވުމަށް އެ ފްރޮޑަކްޝަނުން ވަނީ ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފައެވެ.

އެކަމުގައި ޝާމިލްވާ މީހުން ހޯދަންވެގެން ފުލުހަށް ހުށައެޅުމުން ފުލުހުން ބުނެފައިވަނީ، ޑޭޓާ ޕްރޮޓަކްޝަން ގާނޫނެއް ނެތުމުގެ ސަބަބުން ފޭސްބުކް މެދުވެރިކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ހޯދެން ނެތް ކަމަށް އައި ފިލްމްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ކ. ކާށިދޫގެ އިތުރުން މާލޭގައި މަންޒަރުތައް ނަގާފައިވާ "ބަވަތި" އަކީ ޒުވާން ދެމަފިރިއަކަސް ދިމަވާ ކަންތައްތައްތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ. ބަވަތި އެއީ ބިރުވެރި ފިލްމެއް ނޫނެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މިހާރު ފިލްމީ ދާއިރާގެ އުހުގައި ފިޔަޖަހަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބް އާއި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނިކުތް ތަރި އަހުމަދު އިންފާޒް އެވެ. އައު މޫނު ތަކެއް ފިލްމުން ފެނިގެން ދިޔަ ނަމަވެސް ފިލްމީ ދާއިރާގެ ސީނިއާ ތަރިންގެ އެކްޓިން ވެސް ކޮންމެވެސް ވަރަކަށް ފިލްމުން ފެނުނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2019

ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި

26 ޖެނުއަރީ 2019
ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި
13 ޖުލައި 2018

ދުނިޔޭގެ އެންމެ ފުރަތަމަ ކުލަކޮށް ނެގި އެކްސްރޭ ނިއުޒިލެންޑުގައި ނަގައިފި

13 ޖުލައި 2018
ދުނިޔޭގެ އެންމެ ފުރަތަމަ ކުލަކޮށް ނެގި އެކްސްރޭ ނިއުޒިލެންޑުގައި ނަގައިފި
07 މެއި 2018

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

07 މެއި 2018
ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި
14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
08 އޮކްޓޯބަރު 2017

ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި

08 އޮކްޓޯބަރު 2017
ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން  ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު