Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލްތަކުގައި ސްޓިކާ ޖެހުން

ވެހިކަލްތަކުގައި ސްޓިކާ ޖެހުން: މިދިއަ އަހަރު 36،000 އަށް ވުރެ ގިނަ ސްޓީކާ ޖަހާފައިވޭ

11 ޖެނުއަރީ 2020 | ހޮނިހިރު 09:27

މިދިއަ 2019 ވަނަ އަހަރު 36963 ސްޓިކާ ޖަހާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ޖެނުއަރީ 2020 | ހޮނިހިރު 09:27
ފުލުހުން ސްޓިކާ ޖަހަނީ

ފުލުހުން ސްޓިކާ ޖަހަނީ

ނިމިދިޔަ 2019 ވަނަ އަހަރު 36،000 ވައިލޭޝަން ސްޓީކާ ޖަހާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިއަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ގޮތުގެ ތަފްސީލްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު 36963 (ތިރީސްހަހާސް ނުވަސަތޭކަ ފަސްދޮޅަސްތިނެއް) ވައިލޭޝަން ސްޓިކާ ވަނީ ޖަހާފަ އެެވެ.

Advertisement - newsAdvertisement

ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ވެހިކަލްތަކުގައި ސްޓީކާ ޖެހުމުގެ މައްސަލަތައް މިހާރުވެސް އިތުރުވެ، އާންމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޓްރެފިކް އެކި މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއަޅާބަލާއިރު، އެއީ މިދިއަ އަހަރު ވެސް އެންމެ ގިނަ ފިޔަވަޅު އެޅުނު ޓްރެފިކް މައްސަލައެވެ.

ސްޓީކާ ޖެހުމުގެ އިތުރުން، ދެން އެންމެގިނަ ފިޔަވަޅު އަޅާފައިވަނީ އެގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 7589 (ހަތްހާސް ފަސްސަތޭކަ އައްޑިހަނުވަ) މައްސަލާގައި ފުލުހުން ވަނީ ފިޔަވަޅު އަޅާފަ އެވެ.

ލައިސަން ހިފަހައްޓާފައިވަނިކޮށް، ނުވަތަ ވަގުތީ ލައިސަންސްނެތި ދުއްވި މައްސަލަތަކުގެ އަދަދު 2857 މައްސަލާގައި ފިޔަވަޅު އަޅާފައިވާއިރު، އަހަރީ ފީ ނުދައްކާ ނުވަތަ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ އުޅަނދު ދުއްވައިގެން 2684 މައްސަލާގައި ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި ރޯޑްވާދިނަސް ނުހައްދާ ނުވަތަ މުއްދަތުހަމަވެފައި ވަނިކޮށް ދުއްވުން ނުވަތަ ރޯޑްވާދުނަސް ސްޓިކާނެތި ދުއްވައިގެން 2050 މައްސަލާގައި ފުލުހުން ވަނީ މިދިއަ އަހަރު ފިޔަވަޅު އަޅާފަ އެވެ.

މިދިއަ އަހަރު ގަވާއިދާ ހިލާފަށް ޕާކުކުރުމުން، 36963 ސްޓީކާ ޖަހާފައިވާއިރު، ޖޫރިމަނާ ފީގެ އެންމެމަތީ އަގު ކަމަށްވާ 750ރ އަށް ބަލާނަމަ، 27،722،250ރ (ހަތާވީސް މިލިއަން ހަތްލައްކަ ބާވީސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ އެ އުޅަނދެއްގައި ޖަހާ ފުރަތަމަ ސްޓިކާއަށް 250ރ ދައްކަން ޖެހޭއިރު، ދެވަނަ އަހަރަށް ޖަހާ ސްޓިކާއަށް 500ރ ދައްކަންޖެހޭއިރު، ދެން ޖަހާ ކޮންމެ ސްޓިކާއަކަށް 750ރ ދައްކަން ޖެހެއެވެ.

މާލޭގައި ޕާކް ކުރާނެ ތަން ނުދައްކާ، ސްޓިކާ ޖަހަމުންދާތީ، ގިނަ ބަޔަކު ދަނީ ނުރުހުން ފަޅުކުރަމުން ނެވެ. ނަމަވެސް އެމައްސަލައަށް ސަރުކާރުން ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ވެސް ޕާކުކުރާނެ އިތުރު ތަންތަން ދަނީ ގާއިމު ކުރަމުންނެވެ. މާލޭގެ ޓްރެފިކް މައްސަލައަކީ ހައްލު ނުކުރެވިއޮތް އަދި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް