Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންތާ އެއަރ

މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓް ގެނެސްފި

މިއީ އޭޓީއާރު 600-72 މަރުކާގެ މަތިން ދާބޯޓް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 މާރިޗު 2019 | އާދީއްތަ 11:54
މަނތާ އެއަރގެ މަތިންދާ ބޯޓު

މަނތާ އެއަރގެ މަތިންދާ ބޯޓު

މަންތާ އެއަރގެ ތިން ވަނަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފިއެވެ.

މަންތާ އެއަރ އިން ރާއްޖެ ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯކެޓެވެ. މި ބޯޓަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓެކެވެ. އެ އެއާލައިންގެ ފުރަތަމަ ބޯޓް ގެނެސްފައިވަނީ ނޮވެމްބަރު މަހުއެވެ.

އެތެރޭގެ އުދުހުންތަކަށް މަންތާ އިން 3 މަތިންދާ ބޯޓު ރާއްޖެ ގެނެސްފައިވާއިރު މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ދަތުރު މާލެއިން ކުޑަހުވަދޫ އަށް ފަށަން ނިންމާފައިވާ ކަމަށާއި އެއަށްފަހު ދެން ދަތުރުތައް ފަށާނީ ދަރަވަންދޫ އަދި ތިމަރަފުއްޓަށް ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވީ މަންތާ އެއާގެ ޝެޑިއުލްތައް ރާވަން ނިންމާފައިވަނީ ކޮންމެ ހަ މަހަކުން ކަމަށާއި އެކަމުގެ ސަބަބުން ބުކިންގް ހަދާ ފަސިންޖަރުންނަށް ވަރަށް ބޮޑަށް ދަތުރުތައް ރޭވުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ތިންވަނަ އެއާލައިން އެވެ. މިވަގުތު އެތެރޭގެ އުދުހުންތަކުގައި މަންތާގެ އިތުރުން ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އަދި ފްލައިމީ ހަރަކާތްތެރިވެ އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް( މަންތާ އެއަރ ) އަށް އެއާލައިން ހިންގުމުގެ ހުއްދަ މިދިޔަ ފެބްރުއަރީ މަހު ދީފައެވެ.

މަންތާ ސީޕްލޭން ދަތުރުތައް މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިދިޔަ އަހަރުތެރޭ ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2018

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2018
ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
12 ނޮވެމްބަރު 2017

މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ

12 ނޮވެމްބަރު 2017
މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ
25 އޮކްޓޯބަރު 2017

އާ ބެލްޓަކާއި ތިން ޑިޕާޗަރ ގޭޓް އިތުރުކޮށް އެމްއޭސީއެލް އިން ސީޒަނަށް ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2017
އާ ބެލްޓަކާއި ތިން ޑިޕާޗަރ ގޭޓް އިތުރުކޮށް އެމްއޭސީއެލް އިން ސީޒަނަށް ތައްޔާރުވެއްޖެ
23 އޮކްޓޯބަރު 2017

މީޑިއާނެޓް އިން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފި

23 އޮކްޓޯބަރު 2017
މީޑިއާނެޓް އިން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފި
10 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި

10 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު